ށ.ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއްގައި އަނބިމީހާ ބަނޑަށް ވަޅި ހެރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޟިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހެކެވެ.
ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމާއި ޙަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ފިރިހެން މީހާގެ މަންމަ ގުޅުމުން އެގެއަށް ދިޔައިރު އަންހެން މީހާގެ ގަޔަށް ވަޅި ޖަހާފައިވާ ކަމަށެވެ. ވަޅި ހަރާފައިވަނީ އޭނާގެ ބަނޑަށެވެ.
އަންހެންމީހާގެ ޙާލު ސީރިއަސްނޫން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު