ރައީސް އިބްރާހީމް މުޙައްމަދު ޞާާާލިޙް، ގަސް އިންދުމުގެ ޕްރޮގްރާމެއް އިފްތިތާޙު ކޮށްދެއްވަނީ (ފޮޓޯ ރައީސް އޮފީސް)
ރައީސް އިބްރާހީމް މުޙައްމަދު ޞާާާލިޙް، ގަސް އިންދުމުގެ ޕްރޮގްރާމެއް އިފްތިތާޙު ކޮށްދެއްވަނީ (ފޮޓޯ ރައީސް އޮފީސް)
ކޯވިޑް-19ގެ ޙާލަތުން އަރައިގަނެ، އާ އާއްމު ޙާލަތަކަށް ދިއުމަށް ކުރާ މަސައްކަތުގައި ތިމާވެށްޓާއި، ތިމާވެށީގެ ދިރުންތައް ޙިމާޔަތްކުރުމަށްދޭ ސަމާލުކަން ކުޑަކޮށްގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާތާ 46 އަހަރުވެފައިވާއިރު، އެކަމާ ގުޅުވައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިމާވެށީގެ ދިރުންތައް ޙިމާޔަތްކުރުމަށްދޭ ސަމާލުކަން ކުޑަކޮށްގެން ނުވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި މި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން އދ.ގެ ތިމާވެއްޓާބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް، ޔުނެޕް އިން ކަނޑައަޅާފައިވަނީ "ޓައިމް ފޯ ނޭޗާ"އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރަމުންދާ މި ދުވަސްވަރަކީ، ކޯވިޑް-19 ގެ ސަބަބުން ޤައުމުތައް ފުރަ ބަންދުކޮށް، ސިނާޢީ މަސައްކަތްތައް ހުއްޓުމުގެ ސަބަބުން އެކަމުގެ ހެޔޮބަދަލު ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ދުވަސްވަރެއްކަމަށް ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ބޮޑެތި ކާރުޚާނާތައް ބަންދުކޮށް ޖައްވަށް ބޭރުކުރާ ވިހަގޭސްތައް ބޭރުކުރާ ނިސްބަތް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން