ވަޒީރު އާމިނަތު އާތިފާ
ވަޒީރު އާމިނަތު އާތިފާ
ހިޔާ މަޝްރޫޢުގެ ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހާމަ ކުރުމުގައި ފްލެޓްތައް އަންނަ ޖުލައިމަހަށް ޙަވާލު ކުރެވޭނެ ކަމަށް މިނިސްޓަރ އާތިފާ އަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި، ހިޔާ މަޝްރޫޢުގެ 7000 ފްލެޓް ޖުލައި މަހަށް ޙަވާލު ކުރެވޭނެ ކަމަށް އެ ވުޒާރާގެ ވަޒީރު އާމިނަތު އާތިފާ އަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން މާލެ ފުރަބަންދު ކޮށްފައި ވުމާއެކު، ކުރިން ފައިނަލް ލިސްޓް އިޢުލާނު ކުރުމަށް ތާވަލްކުރި ތާރީޚުގައި އެކަން ކުރެވިފައި ނުވާކަމަށް އެ ވުޒާރާގެ ނޫސް ބަޔާނުގައި ވެއެވެ. އެހެން އެކަން ދިމާވެފައި ވަނީ، ފުރަބަންދުގެ ސަބަބުން ގޭގެއަށް ޒިޔާރަތްކޮށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ދަތިވުމުގެ ސަބަބުން ކަމަށާއި، ފުރަބަންދު ނިމުނުހާ އަވަހަކަށް ގޭގެއަށް ޒިޔާރަތްކޮށް އެސެސްމަންޓްގެ މަސައްކަތް ފަށާ ވީހާވެސް އަވަހަކަށް ލިސްޓް ޢާއްމު ކުރާނެ ކަމަށް އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އާތިފާ ވިދާޅުވެފައިވަނީ، "އަޅުގަނޑު އުއްމީދު ކުރަނީ ހުޅުވިގެން މަސައްކަތް ފަށައިގަނެވިއްޖެ ކަމަށް ވަންޏާ، އިރާދަކުރެއްވިޔާ ޖުލައި މަސް ނިމޭއިރު ހަވާލުކުރެވޭނެ،" ކަމަށެވެ.

ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން މިހާރު ކުރަމުން އަންނަނީ ފްލެޓް ލިބޭ ލިސްޓުގައި ތިބި މީހުންގެ އެހެން ބިމެއް ނުވަތަ އިމާރާތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކަމަށާއި އެކަންކަން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރު ހުޅުވެން ވާއިރަށް އެ މަސައްކަތް ވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރ އާތިފާއަށް ހިޔާ މަޝްރޫޢުގެ މަޢުލޫމާތު އޮޅިވަޑައިގެންނެވިއިރު، މި ސަރުކާރުގެ ބައެއް ވެރިންނަށް އޮޅިވަޑައިގެން ވަރަށް ގިނަ ކަންތައްތައް ކުރެއްވޭކަން ވަނީ ފާހަގަވެފައެވެ. އެގޮތުން ދާދި މިދާކަށްދުވަހު، އެމްޕީއެލް އަށް ވެސް ވަނީ އޮޅިގެން އެތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ޗިޓްގައި ހިމަނަން ނުޖެހޭ ކަންތައްތަކެއް ހިމެނިފައެވެ.

ސަރުކާރުގެ ތެރޭގައި އޮޅުންބޮޅުން ގިނަވެފައި މިވަނީ ކޯލިޝަންގެ ސަބަބުން ވުޒާރާތަކުގެ އެތެރޭގައިވެސް ކޯޑިނޭޓް ކުރުމުގައި މައްސަލަތަކެއް އުޅޭތީ ކަމަށް ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިނިސްޓަރ އާތިފާ އަކީ ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވާ ވަޒީރެކެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ާއަލީ

07-Jun-2020

އޮޅުނު ސަރުކާރު ހޯއު


12

އަލް މުޚްލިޞް ޢުމަރު ޒާހިރު

06-Jun-2020

މީހަމައެއްކަމެއްވެސް ވާ ސަރުކާރެއްނޫން.. މާރޗްމަހުގަތޯ ސަރުކާރާހަވާލުވެލެއްވީ ކޮވިޑޭ ކިޔާ ވާހަކަދައްކަން.. އެތަންތަން ހުރީ ނިމިފަ..ލިބެންޖެހޭފަރާތްތައް އޮތީ ނިންމާފަ ދެން ކަލޭމެން މާއިންސާފުވެރިވެގެން ކޯއްޗެއް ބަލަން. ބަލަގަ ތިޔަފްލެޓްތައް މީހުންނަށް ދިންނަމަ ގައިމު 7000 އާއިލާ މިވަރަށް ބިކަވާކަށް ނުޖެހުނީސް އިންޝާ ﷲ..މީކަލޭމެންގެ ނާގާބިލުކަން... ދެންވެސް އިސްތިެުފާދެއްވާފަ ގެއަށް ވަޑައިގަންނަވާ...ކޮންމެ ސަރުކާރެއްވެސް ހޮވަނީ ރައްޔިތުން.. އެހެންވީމަ ކުރީގެ ސަރުކާރުގެ ނިންމުމަށް މިސަރުކާރުން އިޙްތިރާމް ކުރަންޖެހޭނެ..


-3

ޢިބުރާހިމް ހަސަން

06-Jun-2020

އާ އޮލހުނީއެެ ރސގަލހުގޮތަކީ 2023ގަ ހަވާލުކުރެވޭވަރުވާނީ ފިނިހަކަ


1

އޮޅުނު

06-Jun-2020

ހުރިހާ މިނިސްޓުރީ އޮޅުނު ބާގަޑު ނޭފަތުގަ ވަސްދުވާތަ


11

ތިމަންނަ

06-Jun-2020

އިހުގެ ރެލީވެސް އޭގައި ދަބަރު ޖެހީމާ , ދެން ދުވާނީ ވަރަށް މަޑުން...



ޓްރެންޑިން