ޕީއެންސީގެ ނައިބު ލީޑަރ މުޙައްމަދު ސަޢީދު
ޕީއެންސީގެ ނައިބު ލީޑަރ މުޙައްމަދު ސަޢީދު
އިންސާފު އުފަންވަނީ އެމްޑީޕީގެ ޖަގަހައިންތޯ، ވިދާޅުވެ ޕީއެންސީގެ ނައިބު ލީޑަރ މުޙައްމަދު ސަޢީދު ސުވާލު އުފައްދަވައިފިއެވެ.

މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރަށްވާ، މުޙައްމަދު ސަޢީދު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ހުށައަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކައާއި ގުޅިގެން، އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު އިމްރާނަށް ރައްދު ދެއްވައި ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ކަމަށް ވެލެވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ކަމަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޑައިގަތުމަށްފަހު, ފަހުން ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރެއިން ޖާގަ ހޯއްދެވި ސަޢީދު ވިދާޅުވީ ދަޢުލަތުގެ އިންތަކާއި މިންތައް ހުރަސްކޮށް ޤާނޫނުއަސާސީގެ ޙުރުމަތް ކެނޑުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.

"ބޮޑާކަން އިސް ނުކުރަށްވާ. ތިބާރު އިސާހިތަކު ނެތިގެން ހިނގައިދާނެ." އެމްޑީޕީއަށް ސިޔާސީ މައިދާނުގައި މިވަގުތު ލިބިފައިވާ ބާރަށް އިޝާރާތް ކުރަށްވާ ސަޢީދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގާދިޔަ ކަންތައްތައް ތަޙުޤީޤު ކުރައްވާނެ ކަމަށް ދާޚިލީ ވަޒީރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެން އެކަމަށް ޙަސަން ލަތީފު ވަނީ ފާޑުވިދާޅުވެފައެވެ.

ޤާނޫނީ ދާއިރާގެ ފުންނާބުއުސް ވަކީލް އަލްއުސްތާޛު ޙަސަން ލަތީފް ވިދާޅުވެފައިވަނީ، މަޖިލީހުގެ ނިޒާމަށް ހުރަސްއަޅައި، މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޢިމްރާންގެ ހުރެގެން ނުވާނެ ކަމަށެވެ.

ޙަސަން ލަތީފްގެ މި ވާހަކައަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ތާޢީދު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން