ކިޔަވައިދޭ ވަގުތުތަކުގައި ސްކޫލުތަކުގެ ގޭޓްތައް ތަޅުލާފައި ބަހައްޓަން ތަޢުލީމާބެހޭ ވުޒާރާއިން ސްކޫލުތަކަށް އަންގައިފިއެވެ.
ތަޢުލީމާބެހޭ ވުޒާރާއިން މިފަދަ އެންގުމެއް ރާއްޖޭގެ ސްކޫލްތަކަށް އަންގާފައިވާއިރު ޖަމާލުއްދީން ސްކޫލަށް ތޫނު ހަތިޔާރެއް ހިފައިގެން ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ.
ތަޢުލީމާބެހޭ ވުޒާރާއިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ދަރިވަރުންނާއި މުވައްޒަަފުންނަށް ހުރިހާ ގޮތަކުންވެސް ރައްކާތެރި މާޙައުލަކަށް ސްކޫލުތައް ހެދުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ސްކޫލަށް ވަދެ ނުކުތުމުގައި ވަކިގޮތްތަކަކަށް ޢަމަލުކުރުމަށް ސްކޫލުތަކަށް ވަނީ އަންގައިފައެވެ.
އެގޮތުން ސެޝަންތައް ކުރިއަށްދާ ވަގުތު ސްކޫލްތަކުގެ ހުރިހާ ގޭޓެއްވެސް އެތެރެއިން ތަޅުލާފައި ބެހެއްުޓުމަށް އަންގާފައިވެ އެވެ. މީގެ އިތުރުން ބެލެނިވެރިން ސްކޫލަށް ހާޒިރުވާއިރު، ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑު އޮތްތޯ ސުކޫލުން ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަދި ސެޝަން ފެށުމަށްފަހު ސްކޫލަށް ވަދެނިކުތުމުގައި ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުމާއި، ސެޝަން ކުރިއަށްދާއިރު އެއްވެސް މީހަކަށް ސްކޫލު ގޭޓުން އެތެރެވެވޭނީ ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައިދިނުމުން ކަމަށް މިނިސްޓްރީގެ އެންގުމުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު