މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވާ ޤާޟީންގެ ބެންޗުން ޤާޟީ އާދަމް މުޙައްމަދު ތަނާޒުލް ވެއްޖެއެވެ.
މައްސަލާގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުން ފެށުމަށްފަހު ބެންޗުގެ އިސް ޤާޟީ އާދަމް މުޙައްމަދު ވިދާޅުވީ، މި މައްސަލައިގައި ދައުވާލިބޭ އިސްހާގުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ޤާޟީ އާދަމް މުޙައްމަދު އިސްޙާޤުގެ ކޮއްކޮއަކަށް ދަޢުވާ ރައްދުވާ މައްސަލައެއް ބެއްލެވި ކަމަށް ސިޓީގައިވެއެވެ. އަދި އެ މައްސަލާގައި ތެރޭގައި އިސްޙާޤުގެ އާއިލާގެ އެހެން މެމްބަރަކު ޤާޟީ އާދަމްް މުޙައްމަދަށް އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ސިޓީގައިވެއެވެ.
އެހެންކަމުން އިސްޙާގުގެ ސިޓީގައި އެދިފައިވަނީ ޤާޟީ އާދަމް މުޙައްމަދު މި މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށެވެ. ސަބަބަކީ އިސްޙާޤުގެ މައްޗަށް ޤާޟީ އާދަމްގެ ތަޢައްޞުބެއް އޮވެދާނެކަމުގެ އިޙުތިމާލެއް އޮތުންކަމަށް ސިޓީގައިވެއެވެ. ޤާޟީ އާދަމް މުޙައްމަދު ބައްލަވާފައިވާ ނޫސްވެރިޔާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލި އިސްހާޤުގެ ކޮއްކޮގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
ސިޓީ އިއްވެވުމަށްފަހު ޤާޟީ އާދަމް މުޙައްމަދު ވަނީ އެ ހިނދުން ފެށިގެން މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިއަދުގެ އަޑުއެހުމުގައި ތާވަލުކޮށްފައިއޮތީ މައްސަލާގައި އިފްތިތާޙީ ބަޔާން އިއްވުމެވެ.
ތިން ޤާޟީންގެ ބެންޗަކުން ބައްލަވާ މި މައްސަލާގެ ރިޔާސަތުގައި އިންނަވަނީ ޤާޟީ އާދަމް މުޙައްމަދެވެ. ބެންޗުގައި ދެން ތިއްބަވަނީ ޤާޟީ ސޮފްވަތު ހަބީބާއި ޤާޟީ މުޙައްމަދު މިސްބާހުއެވެ.

ކިޔުންތެރިންގެ ހިޔާލު