މިސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ތަޢުލީމީ ދާއިރާގެ 202 ޕީއެސްއައިޕީ ޕްރޮޖެކްޓް ކުރިއަށް ގެންދާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އައިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަކީ ސަރުކާރުތަކަށް މާބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިއޮތް ކަމެއް ކަމަށެވެ. ނަމަވެސް މިސަރުކާރުން އެކަމަށް ވަރަށްބޮޑު އިސްކަމެއް ދީފައިވާކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ. އެގޮތުން މިއަހަރު އެކަނިވެސް 45 ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"2018ގެ ނޮވެމްބަރުގެ ފަހުން ތަޢުލީމީ ދާއިރާގެ ޢުމްރާނީ މަސައްކަތަށް ވަރަށްގިނަ ކަންކަން ކުރެވިއްޖެ. މުޅިއެއްކޮށް 202 ޕީއެސްއައިޕީ ޕްރޮޖެކެޓެއްގެ މަސައްކަތް ސްކޫލްތަކުގައި ހިނގަމުން އެބަދޭ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އާބާދީ އިތުރުވާ ވަރަކަށް ސްކޫލްތަކަށް އިތުރުޖާގަ ބޭނުންވާނެ ކަމަށާއި ނަމަވެސް ބައެއް ސްކޫލްތައް މީގެކުރިން ޢިމާރާތް ކުރެވިފައިހުރީ އެފަދަ ވިސްނުމެއްގައި ޕްލޭންތަކެއް ހެދިގެން ނޫންކަމަށެވެ.
މިސަރުކާރުން ތަޢުލީމީ ދާއިރާގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް 30 ޕްރޮޖެކްޓް އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި އެތަންތަނުގައި މިހާރު ކިޔަވައިދޭންވެސް ފަށާފައިވާ ކަމަށެވެ. އަދި 89 ޕްރޮޖެކްޓެއްގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި ޓެންޑަރިން ޕްރޮސެސްގައި 33 ޕްރޮޖެކްޓެއް އޮތްއިރު ޓެންޑަރ ބޯޑުގައި 15 ޕްރޮޖެކްޓެއް އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ މިއަހަރު އެކަނިވެސް ތަޢުލީމީ ދާއިރާއަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު