ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
"ސުޕަރ މެޖޯރިޓީ" އަބަދުވެސް އޮންނާނީ ރައްޔަތުން އަތުގައި ކަމަށާއި، ސިޔާސީ މީހުން އެއްޗެއް ބުނުމުގެ ކުރިން ހަފަހަރު ވިސްނަންޖެހޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބްރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް އަމާޒުކޮށް އެއްޗެއް ބުނާއިރު ހަފަހަރު ވިސްނަންވާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިޕާޒް ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ ވިދާޅުވީ، "ސުޕަރ މެޖޯރިޓީ އަބަދުވެސް އޮންނާނީ ރައްޔަތުން އަތުގައި ކަމަށާއި، ސިޔާސީ މީހުން އެއްޗެއް ބުނުމުގެ ކުރިން ހަފަހަރު ވިސްނަންޖެހޭނެ،" ކަމަށެވެ.

އަދި ޤާނޫނު އަސާސީގައި ބުނާ ބާރުތައް ފެށިގެން އަންނަނީ ވެސް ރައްޔަތުންގެ ކިބައިން ކަމަށާއި، ނައިފަރު ދާއިރާގެ ރައްޔިތުން އެމީހުންގެ މެމްބަރަށް އިންސާފް ހޯދައިދިނުމަށް އަޑުއުފުލަމުން ދާއިރު މައްސަލަ ތަޙްޤީގު ކުރުމަށް މަޖްލީހުން ހުރަސްއަޅާނަމަ ޑިމޮކްރަސީއާއި ޙައްގުތަކުގެ ވާހަކަ ހުއްޓާލުމަށް ރީކޯ މޫސަ ވަނީ އެމްޑީޕީއަށް ގޮވާލައްވާފައެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް ތަޙުޤީޤު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެން އެމްޑީޕީ ގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ މަޖިލީހުގެ ދައުރުގެ ތެރެއަށް ވަދެވަޑައި ނުގަތުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަށް ގޮވާލައްވާފައެވެ. އަދި ހަސަންލަތީފުގެ މި ގޮވާލުމާއެކު އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެދުގައި ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

މިމައްސަލައިގައި މޫސަގެ ތަޖުރިބާ ތަކާއެކު ޚިޔާލުފާޅުކުރައްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ މައްސަލަތައް މިހާތަނަށްވެސް ބަލާފައިވަނީ މަޖިލީހުގެ ކޮމެޓީން ކަމަށެވެ. އަދި އޭގެތެރެއިން ޖިނާއީ މައްސަލަ ފުލުހަށް ފޮނުވަނީ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީއާއި، އަދާލަތު ޕާޓީގެ ކޯލިޝަނަށް އިޝާރާތް ކުރަށްވާ ރީކޯ މޫސަ ވިދާޅުވީ، ހޯމްމިިނިސްޓަރު ވިދާޅުވާ އެއްޗަކުން ދެޕާޓީގެ ކައިވެނި ރޫޅެންވީ ނޫން ކަމަށާއި، އޮޅުމެއް އޮތިއްޔާ ސާފުކޮށްދެންވީ ކަމަށެވެ.

"މަޖްލީހުގެ އެތެރޭގެ މައްސަލަތަށް މިހާތަނަށްވެސް ކޮމެޓީންބަލާފަ، ޖިނާއީ މައްސަލަ ފުލުހަށްފޮނުވަނީ. މިފަހަރު ތަފާތަކީ ރިޔާސަތުވެސް ކޮމެޓީއަށްހާޒިރުކުރަންޖެހިފަ އޮއްވާ މިނިސްޓަރަށް މާ ކުރިން ތަޙުޤީޤު ކުރާ ވާހަކަ ބުނެވުނީ." މޫސަ ވިދާޅުވިއެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިދިޔަ އަންގާރަ ދުވަހުގެރޭ ދަންވަރު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ކުރި މަސައްކަތުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވާތީ ނައިފަރުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވުމުން ތަޅުން ދޫކޮށް ވަޑައިނުގަތުމުން އެމްޑީޕީގެ މެމްބަރުން ވަނީ ގަދަބާރުން މަޖިލީހުގެ ތަަޅުމުން ޝިޔާމު ނެރެފައެވެ. މަޖިލީހުން ޝިޔާމް ނެރުމުގެ ތެރޭގައި އޭނާ އަށް އަނިޔާވުމުން ވަނީ އޭޑީކޭއިން ފަރުވާވެސް ހޯއްދަވާފަ އެވެ.

ޕީޕީއެމުން ބުނެފައިވަނީ މެމްބަރު ޝިޔާމްގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެދެއް ލައިފައިވާ ކަމަށެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީ މެމްބަރުން ޝިޔާމު ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް ބުނެ އެމައްސަލަ މިހާރު ވަނީ ފުލުހަށް ހުށައަޅާފައެވެ. ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޑިން

07-Jun-2020

ބޮޑު މޮޔަ ރައީސް. މޮޔަ ބާލާ



ޓްރެންޑިން