ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު
ރ އަތޮޅުގައި އިތުރު އެއަރޕޯޓެއް އެޅުމަކީ ރައީސް ޞާލިޙްގެ ވަޢުދެއް ކަމަށާއި، އެ އެއަރޕޯޓް އަޅާނީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ޕްލޭން ކުރެވިފައި ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި ބުނެފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަށްވައި މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޞާލިޙްގެ އެ ވަޢުދު ފުއްދާނީވެސް ޕީޕީއެމުން ކަމަށެވެ.

ރ. އަތޮޅުގެ ދެކުނުގައި އެއަރޕޯޓެއް އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ރައީސް ޞާލިޙް ވިދާޅުވިކަމަށް މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ މިހާރު އޮތް ޕްލޭންގައި ރ. އަތޮޅުގައި އެއަރޕޯޓެއް އެޅުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

"ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ރ. އަތޮޅުގައި އެ އެއަރޕޯޓް އަޅާނަން." މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި އާދަމް ޝަރީފު ވިދާޅުވީ، މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް ރ. އަތޮޅުގެ ދެކުނުގައި އެއަރޕޯޓެއް އާޅާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެއަރޕޯޓު އަޅުއްވަން ނިންމެވީ ކޮން ރަށެއްގައިތޯއާއި ޕްލޭން ކުރުމުގެ މަސައްކަތް ކިހާ ހިސާބަކަށް ގޮސްފައިވޭތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ވިދާޅުވީ، ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް އެއަރ ކަނެކްޓިވިޓީ ޕްލޭންގައި އެއަރޕޯޓު އަޅާނެ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށާއި އެ ޕްލޭންގައި ރ. އަތޮޅުގައި އެއަރޕޯޓެއް އެޅުމަށް ހިމަނާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި، މެމްބަރު އާދަމް ޝަރީފުގެ އުފަން ރަށް ރ. ފައިނުގައި އެއަރޕޯޓެއް އެޅުމަށް އައިލެންޑް އޭވިއޭޝަނާއި ހަވާލު ކުރިއެވެ. ނަމަވެސް ތިމާވެއްޓެއް ބޮޑެތި ގެއްލުންތަކެއް ލިބޭތީ އެ ރަށުގައި އެއަރޕޯޓު ނާޅަން މިސަރުކާރުން ފަހުން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


20

ހާލު

07-Jun-2020

އިބޫއާ ކަލޭ އިއްނަން ވީނު.


16

ޖާހިލު

07-Jun-2020

ތިމާވެެއްޓައް ވެސް ވިސްނާލުމް މުހިއްމު. ސިޔާސީ ބޭނުމަކަ އެއާޕޯޓޭ ކިޔާއިރު ހެޔޮ އެޔާ ހެދި ރަށް އަޑިއައް ދިޔަސް. ހުސް މަރުމޯލުން


29

އިއްސެ

07-Jun-2020

ތިވާނީ އޮޅުމަކުން ވެވުނު ވައުދަކައް. ހަހަހާ


2

ނިއުޓްރަލް

07-Jun-2020

ވަކި ޕާޓީއް ކިޔާނެ ކަމެއް ނެއި ހުރިހާއެއްމެން ކުރަނީވައްކަން.


12

ގުންޑާ

07-Jun-2020

އިބޫ ވައުދު ފުއްދަވާނެ. ބަލަން ތިބެބަލަ އަގަ ނާރުވާ.


11

ހައްޖަ

07-Jun-2020

ކެވުނު ވަރު މަދީތަ އަދުވެސް ޕީޕީއެމް ވެރިކަމެއްގަ އޭމި ކިޔަނީ؟


12

ޔާނު

07-Jun-2020

މި ސަރުކާރު ބޮޑުތަނުން ވަނީ ފެއިލް ވެފަ.


-6

ތިމަންނަ

07-Jun-2020

ސަރީފޫ... އުގުލުގައި އެއަރޕޯޓެއް , އުޑޫދޫގައި އެއަރޕޯޓެއް އަދި ވާދޫގައި އެއަޕޯޓެއް ހެދޭތޯ މަސައްކަތް ކޮށްދެއްވާ



ޓްރެންޑިން