ޓްރާންސްޕޯރޓް މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގައި ހެއްެދެވީ ދޮގުކަމަށް ބުނެ ބަޔާނެއް ނެރުމާއެކު ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސްވެރިންނާއި މިނިސްޓަރ އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ.
ވަރޗުއަލްކޮށް ރޭ ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވަނީ ގްރޭޓަރ މާލޭ ސަރަޙައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އަދި ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވަނީ މަޝްވަރާކުރައްވާފައެވެ.
މާލެ ސަރަޙައްދުގެ ޓެކްސީ ސެންޓަރުތަކާއި، ޕިކަޕް ސެންޓަރުތަކުގެ އިސްވެރިންނާއި މިނިސްޓަރ ނަހުލާ ވަރޗުއަލްކޮށް ބައްދަލުކުރައްވާފައި ވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފުރަބަންދުކުރުމުގެ ސަބަބުން ގެއްލުންވި ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދާވަކަމަށް ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ޓެކްސީ ސެންޓަރ ތަކާއި ބައްދަލުކުރައްވާފައި މިވަނީ އެކަމަނާ ހިމެނޭގޮތުން ޓްރާސްޕޯޓް މިނިސްޓްރީގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ ޓެކްސީ ސެންޓަރުތަކުން ބަޔާނެއް ނެރެ ވަޒީރު ވަރަށް ބޮޑަށް ބޭޒާރުކޮށްލާފައި ވަނިކޮށެވެ.
މާލޭގައި ހިންގާ ޓެކްސީ ސެންޓަރުތަކުގެ ތެރެއިން ގިނަ ޓެކްސީ ސެންޓަރުތަކުގެ ތައްގަނޑު ޖަހައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓެކްސީތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާތީ ހިތާމާކުރާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޓެކްސީ ޑްރައިވަރުން ނިކަމެތި ކުރުމަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެ އެކަން ބަޔާނުގަައި ވަނީ ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން ޑްރައިވަރުންގެ ރައްކާތެރިކަމަށް ބޭނުންވާ މާސްކު ފަދަ ތަކެތި އެ މިނިސްޓްރީން ފޯރުކޮށްދިން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒުބައިރު ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ޓެކްސީ ސެންޓަރުތަކުން ބުނީ މިހާތަނަށް އެއްވެސް ސެންޓަރަކަށް އަދި ޑްރައިވަރަކަށް ރައްކާތެރިކަމަށް ބޭނުންވާ އެއްވެސް އެއްޗެއް ސަރުކާރުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު