ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
އަސްވާޑު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ނޫސްވެރިންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
އަސްވާޑު ވިދާޅުވީ، ނޫސްވެރިކަމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނޫސްވެރިކަމުގެ މިނިވަން ކަމަށް އެއްވެސް ވަރަކަށް ހުރަސް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
އަދި މިފަދަ ދުވަހެއް ފާހަގަކުރާއިރު، ފަލަސްތީނުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ހަބަރުތައް ރިޕޯޓު ކުރުމުގެ ތެރޭގައި މަރުވެގެންދިޔަ ނޫސްވެރިންގެ ހަނދާން އާކުރަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ނޫސްވެރިންނާއި ނޫސްވެރިކަމަށް ދުނިޔޭގެ މަސްރަހަށް ކުރިމަތިވެފައި މިވަނީ މިއިން ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ނާމާން ދުވަސްތަކެއް. ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވާ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާގައި ކުށެއްނެތް އެތައް ހާސް ކުޑަކުދިންނާއި އަންހެނުން އަދި އާންމުންގެ އެތައް ހާސް ބަޔަކު ޝަހީދުކުރަމުންދާއިރު އެހަބަރުތައް ކެނޑިނޭޅި ކަވަރުކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަމުންދާ ނޫސްވެރިންނެއް މިވަނީ ޝަހީދުކޮށްލާފައި." މިނިސްޓަރ އަސްވާޑު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު