ކޯވިޑް-19 ގައި ރާއްޖޭން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނީ، ކޯވިޑްގައި ނިޔާވެފައިވަނީ ހުޅުމާލޭ އޮރެންޖް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އެންމެ ފަހުން ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވެފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ އައްޑޫ ސިޓީގައި ކޮވިޑަށް ފަރުވާ ކުރަމުން ދިޔަ، އުމުރުން 71 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ދާދިފަހުން އެޗްޕީއޭއިން ވަނީ އަނެއްކާވެސް ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައެވެ.
އެހެންކަމުން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު