މަޖިލިސްތެރޭގައި ހިނގި ހަމަނުޖެހުން ތަކަށް ފަހު އިދިކޮޅު މެންބަރުން މި ހަމަނުޖެހުމުގައި އަނިޔާވި ޝިޔާމާއެކު
މަޖިލިސްތެރޭގައި ހިނގި ހަމަނުޖެހުން ތަކަށް ފަހު އިދިކޮޅު މެންބަރުން މި ހަމަނުޖެހުމުގައި އަނިޔާވި ޝިޔާމާއެކު
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި މި މަހުގެ ދެވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް އެމްޑީޕީގެ މެމްބަރުން ލައްވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާކޮށް، މަޖިލީހުގެ މާލަމުގެ ދޮރުތައް ތަޅުލައި، ޝިޔާމްގެ ހާލު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނުކުންނެވި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެމްބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓު ލުމުގެ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ ޤަވާޢިދުގެ 3 ވަނަ މާއްދާގައި، މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމާއި، މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ މަސްއޫލިއްޔަތު އަދާނުކުރައްވައި މަޖިލީހުގެ ހުރުމަތާއި ކަރާމާތާއި ގަދަރު ކުޑަވާގޮތަށް މަޖިލީހުގެ ރައީސް އަމަލުކުރައްވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މަޖިލީހުގެ މެމްބަރުން މާރާމާރީ ހިންގީ ޤާނޫނު އަސާސީ އާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނުން ރައްޔިތުންގެ މަޖިލީހާއި މެމްބަރުންގެ ސަލާމަތީ ކަންކަން، ދައުލަތުގެ ސަލާމަތީ ހިދުމަތްތައް މެދުވެރިކޮށް ފުރިހަމައަށް އިންތިޒާމުކޮށްފައި ނުވާތީ ކަމަށް ޤަބޫލު ކުރެވޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށާއި، އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެމްބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އާއި އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިނގަމުންދާތީ އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ ހިނގި ހަމަނުޖެހުންތަކުގައި، ހިންގާފައިވާ ޖިނާޢީ ކުށްތައް ތަޙުޤީޤު ކުރާނެ ކަމަށް ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން