ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް އަދުނާންއެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިން އާއި، އެކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު މީގެކުރިން ހުންނެވީ ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަގާމުގައެވެ. އަދި އެނާ ވަނީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތަކީ ޝަރުއީ ނުވަތަ ޤާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާއިއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން