ދުނިޔޭޭގެ ސިއްހަތު ޖަމިއްޔާއިން ދިން އެހީއާއި ހެލްތު މިނިސްޓަރ އަމީން ހަވާލުވެވަޑައިގަންނަވަނީ
ދުނިޔޭޭގެ ސިއްހަތު ޖަމިއްޔާއިން ދިން އެހީއާއި ހެލްތު މިނިސްޓަރ އަމީން ހަވާލުވެވަޑައިގަންނަވަނީ
ކޯވިޑް-19 އަށް ޓެސްޓުކުރާ މިންވަރު އިތުރުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިތުރު 5000 ޓެސްޓްކިޓް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓެސްޓް ކިޓްތަކާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މިއަދު އެ ޖަމިއްޔާއިން ހަދިޔާކުރި ޓެސްޓް ކިޓްތަކާ އެކު ރާއްޖެއަށް އެ ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓް ތަކުގެ ޖުމްލަ އަދަދު މިވަނީ 41000 އަށް އަރާފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވަނީ ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު، އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.



ރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޑަބްލިއުއެޗްއޯއިން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަ އެއާއެކު ކޮވިޑާ ގުޅުންހުރި އާލާތްތައް ހޯދުމާއި، ރާއްޖެއަށް އެހެން ޖަމާޢަތްތަކުގެ އެހީ ހޯދައިދިނުމުގައިވެސް އެޖަމިއްޔާއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން