ޗައިނާއިން ދަރަނި ފަސްކޮށްދޭން ވިސްނަމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ޗައިނާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ޗައިނާއަށް އަދާ ކުރަން ޖެހޭ ދަރަަނި ފަސްކޮށްދިނުމާ ގުޅޭ ގޮތުން މިއަދު ޗައިނާ ސަފީރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢބްދުﷲ ޝާހިދު މަޝްވަރާ ކުރައްވާފައިވަނީ ދެބޭފުޅުން ވާޗުއަލްކޮށް މިއަދު ބޭއްވި މަޝްވަރާ ތަކުގައި ކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.
ރާއްޖޭގައި ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޖީއައި މެދުވެރިކޮށް ލެބޯޓަރީއެއް ގާއިމް ކުރުމާ ބެހޭގޮތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިއޮން މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ވަރޗުއަލްކޮށް މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޯވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާމެދު ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.
ކޯވިޑް-19އާ ގުޅިގެން ތަރައްގީވަމުން އަންނަ ގައުމުތަކުން ޖީ-20 ގެ ގައުމުތަކަށް، ދައްކަންޖެހޭ ދަރަނި ވަކި މުއްދަތަކަށް ފަސް ކުރުމަށް، "ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް"ގެ ނަމުގައި އެ ގައުމުތަކުން ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. އެ އިނިޝިއޭޓިވްގެ ދަށުން ދަަރަނި ފަސް ކުރުމަށް ޝަރުތު ހަމަވާ 77 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
ރާއްޖެއިން ޗައިނާއަށް އަދާ ކުރަން ޖެހޭ ދަރަަނި އެ އިނިޝިއޭޓިވްގެ ދަށުން ފަސްކޮށްދިނުމާ ގުޅޭ ގޮތުން މިއަދު ޗައިނާ ސަފީރާއި ޚާރިޖީ ވަޒީރު ޝާހިދު ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ޚާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ޗައިނާއިން ދަރަނި ފަސްކޮށްދޭން ވިސްނަމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ކަމަށް ޗައިނާ ސަފީރު ވިދާޅުވެފައިވާ ކަމަށެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ މި ދަނޑިވަޅުގައި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު