ރައްޔިތުންގެ މަޖިިިލީީހުގައި އެމްޑީޕީގެ މެންބަރުން މެންބަރު ޝިޔާމަށް ހަމަލާ ދިނުމުން އޭނާ ފަރުވާ ހޯދަނީ
ރައްޔިތުންގެ މަޖިިިލީީހުގައި އެމްޑީޕީގެ މެންބަރުން މެންބަރު ޝިޔާމަށް ހަމަލާ ދިނުމުން އޭނާ ފަރުވާ ހޯދަނީ
ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުމަކީ ޑިމޮކްރަސީއަށް ލިބިގެން ދިޔަ ހުތުރެއް ކަމަށް ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރީފޯމިސްޓް ގްރޫޕުން ބުނެފިއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ ހަފުތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރީފޯމިސްޓް ގްރޫޕް (އީސީއާރު) އިން ކަންބޮޑުވުން ފާޅުކޮށް އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖިލީހުގައި ހިނގައިދިޔަ އަމަލަކީ ޑިމޮކްރަސީއަށް ލިބިގެން ދިޔަ ހުތުރެއް ކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް، ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރުންތަކެއް އަނިޔާ ކުރި މަންޒަރު ފެނިގެން ދިއުމަކީ، ޑިމޮކްރަސީއަށް ކުރި މަލާމާތެއްގެ ގޮތުގައި އެ ގްރޫޕުން ވަނީ ސިފަކޮށްފައެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހޯމަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ޖަލްސާއަށް މެމްބަރުން ވަނުމަށް ހުރަސް އެޅިކަން ފާހަގަކޮށް އެ ގްރޫޕްގެ ބަޔާނުގައި ވަނީ، މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ތިބީ 09 މެމްބަރުން ކަމަށެވެ. ނަމަވެސް އެ މެމްބަރުންނަށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ހުރަސްއަޅާފައިވާކަމަށް އީސީއާރުން ވަނީ ފާހަގަކޮށްފައެވެ.

އީސީއާރުން ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓު ކުރުމަށް އިދިކޮޅުން ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ބޮޑު މެޖޯރިޓީއެއް އޮތުމުގެ މާނައަކީ ގަދަބާރުން ހަމަނުޖެހުން އުފެއްދުމުގެ ފުރުސަތު ނުދޭނެކަން ބުނެދިނުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމަށް ދިން އަނިޔާތަކާއި ގުޅިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށާއި، އެއީ ވެރިކަން ކުރާ ޕާޓީއެއްގެ މެމްބަރުންގެ ފަރާތުން ފެނިގެން ނުވާނެ އަމަލެއް ކަމަށް އެ ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ.

އީސީއާރުން ވަނީ، ރައްޔިތުންގެ ހައްގާއި، ރައްޔިތުންގެ މަންދޫބުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި، މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ތަހުގީގު ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް ބުނެފައެވެ. އަދި މިކަމުގައި ދެފުށް ފެންނަ އިންސާފުވެރި ތަހުގީގެއް ހިންގުމަށް އެ ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން