ސިއްހީ އޮފިޝަލުން މާލެތެރެއިން ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ (ރަސް ފޮޓޯ- ޝާހް)
ސިއްހީ އޮފިޝަލުން މާލެތެރެއިން ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ (ރަސް ފޮޓޯ- ޝާހް)
ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ހާހަކަށްވުރެ ދަށަށް ގޮސްފިއެވެ.

އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިވަގުތު ރާއްޖޭގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 981 އެވެ. މީގެ އިތުރުން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ، 925 އަށް އަރާފައެވެ. ރާއްޖެއިން ޖުމްލަ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ، 1916 މީހެކެވެ.

މިއަދުގެ 18:00 އާއި ހަމައަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ފަރުވާގައި ތިބި މީހުންގެ ތެރެއިން 98 މީހަކު ރަނގަޅުވެފައި ވާއިރު، އިތުރު 13 މީހަކު މިއަދު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވެފައިވަނީ، 07 ދިވެހިންނާއި، ބަނގްލަދޭޝްގެ 05 މީހުންގެ އިތުރުން، އިންޑޮނޭޝިއާގެ މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ކޯވިޑް-19 ގައި މިހާތަނަށް ރާއްޖެއިން 8 މީހުން ނިޔާވެފައިވާއިރު، އޭގެތެރެއިން 04 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރުން ނިޔާވެފައިވަނީ، ބަންގްލަދޭޝްގެ 04 މީހުންނެވެ. މި ގޮތުން ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ، 83 އަހަރުގެ އަންހެނަކާއި، 80 އަހަރުގެ ފިރިހެނަކާއި، 88 އަހަރުގެ ފިރިހެނެއްގެ އިތުރުން، 89 އަހަރުގެ އަންހެނެކެވެ.

ބަނގްލަދޭޝްގެ ރައްޔިރުންގެ ތެރެއިން ނިޔާވެފައިވަނީ، 54 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެއްގެ އިތުރުން، 38 އަހަރުގެ މީހެކެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން 53.60 އިންސައްތަ ހިއްސާކުރަނީ ބަންގްލަދޭޝް މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން