ކޯވިޑް-19 ގެ ރޯގާބަލިމަޑުކަމުގައި އެންމެ ރައްކާތެރި 100 ގައުމުގެ ތެރޭގައި ރާއްޖެ ނުހިމެނޭކަން ހާމަވެއްޖެއެވެ.
"ޑީޕް ނޮލެޖް ގްރޫޕް" ނަމަކަށް ކިޔާ ބަޔަކު ކޮށްފައިވާ ދިރާސާއަކުން އެކުލަވާލާފައިވާ މި ލިސްޓުގައި ގައުމުތައް ހިމެނުމުގައި ތަރުތީބުކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއި ސިއްހީ ޚިދުމަތްތަކުގެ ފެންވަރާއި ކަރަންޓީނުގެ ވަސީލަތްތަކާއި ބަލިޖެހިފައިވާ މީހުން ދެނެގަތުމާއި ސަރުކާރުން އެކަމަށް ތައްޔާރުވެފައިވާ މިންވަރާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ފަދަ ކަންކަމަށެވެ. މިދިރާސާ ވަނީ މަޝްހޫރު ފޯބް ގައި ޝާއިޢުކޮށްފައެވެ.
ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމަކީ ގައުމުތަކުގައި ސިއްހީ ރައްކާތެރިކަން ހުރި މިންވަރާއި އެފަދަ ރޯގާ ބަލިމަޑުކަމަކަށް ތައްޔާރުވެފައިވާ މިންވަރާއި ގައުމުތަކުގެ ސިއްހީ ނިޒާމު ކުރިއަރާފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ރޯގާބަލިމަޑުކަމެކެވެ. އެގޮތުން މި ލިސްޓްގައި ގައުމުތަށް ރޭންކް ކުރުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ކާރިސާތަކުގެ ހާލަތުގައި ފިޔަވަޅުތައް އެޅުމުގައި ނުވަތަ ހަރަކާތްތެރިވުމުގައި ވެފައިވާ ތައްޔާރީތަކާއި އިޤުތިޞާދީ ގޮތުން އެފަދަ ހާލަތްތަކަށް ތައްޔާރުވެފައި ވާ މިންވަރު ފަދަ ކަންކަމަށެވެ.
ފޯބްސް އިން އާންމުކޮށްފައިވާ ކޯވިޑް-19 ގެ ހާލަތުގައި އެންމެ ރައްކާތެރި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސްވިޓްޒަރލޭންޑެވެ. ލިސްޓުގެ ދެވަނައިގައި ވަނީ ޖަރުމަން ވިލާތެވެ. މިދެގައުމަކީ ކޯވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ރޭވުންތެރި ކަމާއެކު ފިޔަވަޅުތައް އަޅާފައިވާ ދެގައުމެވެ. އެގޮތުން ފަރުވާ ދިނުމާއި ލޮކްޑައުން ކުރުމާއި އިގްތިޞާދީ ގޮތުން ކުރިމަތިވި ކަންކަމާއި ކުރިމަތިލުމުގައާއި ލޮކްޑައުން އުވާލައި އާންމު ހާލަތަށް ގައުމު ބަދަލު ކުރުމުގެ މަރުހަލާގައިވެސް އެންމެ ރޭވުންތެރި ކަމާއެކު އަމަލު ކޮށްފައިވާ ދެ ގައުމެވެ.
ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ރައްކާތެރި ގައުމު ތަކުގެ ލިސްޓްގެ ތިންވަނައިގައި ވަނީ އިޒްރާއީލެވެ. ހަތަރު ވަނައިގައި ސިންގަޕޫރު އޮތް އިރު ފަސްވަނައިގައި އޮތީ ޖަޕާނެވެ. އޮސްޓްރިއާ ހަވަނައިގައި އޮތްއިރު ބަލި އެންމެ ފުރަތަމަ ފެތުރެންފެށި ގައުމު ކަމަށް ބެލެވޭ ޗައިނާ އޮތީ ލިސްޓްގެ ހަތްވަނައިގައެވެ. ލިސްޓުގެ އަށްވަނައިގައި އޮސްޓްރޭލިއާ އޮތްއިރު މިހާރު ބަލިޖެހިފައިވާ އެއްވެސް މީހަކު ނެތްކަން އިޢުލާންކޮށް މާދަމާ ގައުމު އާންމު ހާލަތަކަށް ގެންނާނެ ކަމަށް އިޢުލާން ކޮށްފައިވާ ނިއު ޒީލޭންޑް އޮތި ލިސްޓުގެ ނުވަ ވަނައިގައެވެ. އެގައުމާއި ޖެހިގެން 10 ވަނައިގައި އޮތީ ދެކުނު ކޮރެއާއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ލިސްޓުގެ 56 ވަނައިގައި ހިމެނިގެން ރާއްޖެ ހިމެނޭ ބައްރުގެ ގައުމު ތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ އަވަށްޓެރި އިންޑިއާއެވެ. މި ލިސްޓްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބަނގްލަދޭޝް 84 ވަނައިގައި ހިމެނޭއިރު އަވަށްޓެރި ސްރީ ލަންކާ ހިމެނިފައި ވަނީ ބަނގްލަދޭޝްގެ ފަހަތުން 85 ވަނައިގައެވެ.
މިލިސްޓަކީ އެއް ޖަމާއަތަކުން އެކުލަވާލާފައިވާ ލިސްޓަކަށްވާތީ ތަފާތު ޖަމާއަތްތަކުން އެކުލަވާލާ މިފަދަ ލިސްޓް ތަކުގައި ތަފާތު ތަކެއް ހުރެދާނެ ކަން ފޯބްސްގައި ފާހަގަކޮށްފައި ވެެއެވެ. އަދި އެކި ސަރަހައްދު ތަކަށް އަމާޒުކޮށް މިފަދަ ލިސްޓެއް އެކުލަލާއިރު ތަފާތު ތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް ފޯބްސްއިން ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު