ރާއްޖޭގެ ކޯވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުންދިޔަ ނަމަވެސް ކަރަންޓީނު ފެސިލިޓީ ތައް ގާއިމްކުރުމާއި، ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރާ އެއްވެސް މަސައްކަތެއް މަޑުޖެއްސުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ރޭ ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓާސްފޯސްގެ ތަރުޖަމާނުު މަބުރޫކް އަޒީޒު ވިދާޅުވީ، ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ކުރިއަށްވުރެ މަދުވިނަމަވެސް މި ބަލިން އެއްކޮށް ސަލާމަތްވީ ކަމަށް ސަރުކާރުން ނުބުނާނެ ކަމަށެވެ. ރާއްޖޭގައި މިބަލީގެ ނުރައްކާތެރިކަން އަދިވެސް އެބައޮތް ކަމަށާއި، މާލޭގައި ގިނަމީހުންތަކެއް އުޅޭތަނަކުން ނުވަތަ ރާއްޖޭގެ ރަށަކުން ޕޮޒިޓިވް ކޭސް އެއް ފެނި ކުއްލިއަކަށް ގިނަ ކޭސްތައް ފެނުން އެކަށީގެންވާތީ އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބުރޫކް ވިދާޅުވީ ބިދޭސީންނަށް ޚާއްސަކޮށްގެން އަޅާ ކަރަންޓީނު 2 ފެސިލިޓީ މިމަހުގެ 20 ވަނަ ދުވަހަށް ނިމޭވަރުވާނެ ކަމަށެވެ. މަބުރޫކް ވަނީ އެމަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ ތަފްސީލް ވެސް ހާމަކުރައްވާފައެވެ.
"ހުޅުމާލޭގައި ހުންނަ ކޯވިޑް ހެލްތް ފެސިލިޓީ މިހާރު އެހެރީ ތައްޔާރުކޮށް ނިމިފަ. އެތަނުގެ ފިޔަވަހި އެކެއް ފެށިގެން އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށް އެދަނީ. ބިދޭސީ ބައެއް މީހުން ބޭތިއްބުމަށް ހަދާ ކަރަންޓީނު ފެސިލިޓީ އެސްޓީއޯ ހިޔާ ޓެމްޕަރަރީ ކުއާޓަރ، މިތަން ތައްޔާރުކުރުމުގެ މަސައްކަތުން 96 ޕަސެންޓް މިވަނީ ނިމިފަ. އެމްޕީއެލް ލޭބަރ ކުއާޓަރ ހުޅުމާލެ ފޭސް 2ގައި ފްރީފެބްރިކޭޓެޑް ހައުސިން ޔުނިޓްތަކެއް ބަހަައްޓައިގެން ތައްޔާރުކުރާ 800 އެދުގެ ފެސިލިޓީ، އެތަނުގެ ވެސް 95 ޕަސެންޓް ވަނީ ނިމިފަ، ނިއްމަން މަސައްކަތްކުރާ ތާރިޚަކީ މިމަހުގެ 20 ވަނަ ދުވަސް." މަބުރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތާށިވެފައިވާ މީހުން ގެނައުމަށް ކުރާ މަސައްކަތާއި ގުޅޭގޮތުން މަބުރޫކް ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެތެރެއިން ބައެއް މީހުން މިމަހުގެ 15އާއި 17ގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް މެލޭޝިއާއިން ރާއްޖެ އަންނަ ދެ ފްލައިޓްގެ ޝެޑިއުލްއަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ސްރީލަންކާއިންނާއި މެލޭޝިއާއިން ދިވެހިން ރާއްޖެ ގެނެސް ގޭގައި ކަރަންޓީން ކުރާ ގޮތަށް ނިންމާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު