ކޯވިޑް-19 ފެތުރޭ މިންވަރު ބެލުމަށް ސިއްހީ އެހީތެރިން ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ކޯވިޑް-19 ފެތުރޭ މިންވަރު ބެލުމަށް ސިއްހީ އެހީތެރިން ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ރާއްޖެއިން ކޯވިޑް-19 ޖެހިގެން ރަނގަޅުވީ މީހުންގެ ޢަދަދު 1010 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 ޖެހުމަށްފަހު ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1010 އަށް އަރާފައެވެ. ރާއްޖެއިން ޖުމްލަ 1942 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، މިއަދު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 26 މީހުންނެވެ. އަދި މިވަގުތު ބަލި ޖެހި ފަރުވާ ހޯދަމުންދަނީ 922 މީހުންނެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި ބަންގްލަދޭޝަށް ނިސްބަތްވާ 7 މީހެކެވެ.

މިއަދާ ހަމައަށް ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން