ސްރީލަންކާއިން ރާއްޖެ އަންނަ ދިވެހިންގެ ތެރެއިން 153 މީހުން ކަރަންޓީން ކުރާނީ ގޭގައި ކަމަށް އެޗްޕީއޭ އިން މިރޭ ހާމަކޮށްފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ލަންކާއިން ރާއްޖެއަށް އަންނަ ހުރިހާ ފަރާތްތައް ވެސް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، ހުރިހާ ފަރާތްތަކަށް ވެސް ފޯމެއް ފޮނުވާފައިވާ ކަމަށާއި، އެއީ ރާއްޖެ އައިސް ކަރަންޓީނު ވާނެ ގޮތެއް އެންގުމަށްޓަކައި ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މިހާތަނަށް 153 މީހަކު ފޯމު ފުރާފައިވާއިރު، އެ ފަރާތްތަކުން އެދިފައިވަނީ 13 އަތޮޅެއްގައި ހޯމް ކަރަންޓީނު ވުމަށް ކަމަށެވެ. އަދި ގިނަ ފަރާތްތަކުން ފޯމު ފުރާފައި ނުވާއިރު، ފޯމު ފުރާފައިވާ ފަރާތްތަކުން ވެސް ހޯމް ކަރަންޓީނު ވެވޭތޯ ނުވަތަ ނޫންތޯ ފާހަގަ ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލަންކާއިން މީހުން ގެނައުމަށް މާދަމާ ބާއްވާ ފްލައިޓްގައި ރާއްޖެއަށް އަންނާނީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ފަރާތްތަކާއި، ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ގޮސް ނާދެވި ތިބި ފަރާތްތަކާއި، ދަރިވަރުންގެ ތެރެއިން ކޯސް ނިމި އެހެންނަމަވެސް ރާއްޖެއަށް އަނބުރާ ނާދެވި ތިބި ފަރާތްތަކާއި، ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު