މާލޭގެ ފުރަބަންދަށް ފުރަތަމަ ފިޔަވަހީގައި ދޭނެ އިތުރު ލުއިތައް މިރޭ އިއުލާން ކުރަން ނިންމައިފިއެވެ.
ކޯވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީ ފުރަބަންދު ކުރުމަށްފަހު، އެކަމަށް ލުއިތަކެއް ދޭން ނިންމާ ތަންފީޒު ކުރަން ފެށީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހެވެ. އެ ދުވަހުން ފަށައިގެން ދެ ހަފްތާގެ މުއްދަތަކަށް ފުރަތަމަ ފިޔަވަހީގައި ލުއިތައް ދޭން ފަށާފައި ވާއިރު، ފުރަތަމަ ފިޔަވަހި ދެމިގެން ދަނީ 4 ހަފްތާގެ މުއްދަތަށެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފުރަބަންދާއި ގުޅިގެން ދޭން ނިންމާފައިވާ ލުއިތައް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރައްވާނެ ކަމަށެވެ. އަދި އިތުރު ތަފްސީލުތައް އެކިއެކި މިނިސްޓްރީތަކުން ވެސް ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1942 އަށް އަރާފައެވެ. މީގެ ތެރެއިން 1010 މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 922 ކޭހެވެ. ރާއްޖެއިން ކޯވިޑް-19 ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ.

Tonight’s National Taskforce meeting on #Covid19. Discussions included analysis on the current situation and opportunities for further easing of restrictions. #StayHome #StaySafe pic.twitter.com/tMFQIy3hG1
— The President's Office (@presidencymv) June 9, 2020
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1942 އަށް އަރާފައެވެ. މީގެ ތެރެއިން 1010 މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 922 ކޭހެވެ. ރާއްޖެއިން ކޯވިޑް-19 ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު