އެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
އެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
ތިމާމެންގެ ބަސް ސަރުކާރުގައި ނުވިކުމުން ފުލުހުންގެ އަގު ވައްޓާނުލުމަށް ގޮވާލާއި، އެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އެމްޑީޕީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައެޅުއްވި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންގެ ޚިދުމަތަށް ފާޑުކިޔައި، އެ މުއައްސަސާއިން މާޒީގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ބައެއް ކަންތައްތަކުގެ ހަނދާން އަލުން އާކޮށްފައެވެ.

އެކަމާ ގުޅިގެން ރީކޯ މޫސަ ވިދާޅުވީ ފުލުހުންގެ ފަރާތުން ފެނިގެންދިޔަ ކަންކަމަކީ، ތިރީސް އަހަރުގެ އަނިޔާ ބަލަން ވައުދުވީ މީހުން އެކަން ނުކުރުމުގެ ނަތީޖާ ކަމަށެވެ. އަދި ބާޣީއޭ ގޮވި އެންމެން އެއްކޮށްގެން ސަރުކާރު ހަދާފައި ބަސް ނުވިކުނީމައި ފުލުހުންގެ އަގުވަށްޓާ ނުލުމަށް ވިދާޅުވެ މޫސަ ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުފެއެވެ.

"އެމެރިކާ ކޮޕީ ކުރާނެ ކަމެއް ނެތް.. މިއަދުވެސް ފުލުހުން އެގެންދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން." ފުލުހުންނަށް ތަޢުރީފު ކުރަށްވަމުން ރީކޯ މޫސަ ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ނިމުމަކަށް އައުމާގުޅިގެން، 8 ފެބްރުއަރީ 2012 ގައި ހިނގި ހަމަނުޖެހުން ތަކުގައި، އޭރު އެމްޑީޕީގެ ޗެއަރޕަރސަން އަކަށް ހުންނެވި ރީކޯ މޫސާ މަނިކަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އެ އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރީކޯ މޫސަ ވަނީ ރާއްޖެއިން ބޭރުގައި 04 މަހެއްހާ ދުވަސް ހޭދަކުރަށްވާފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް ވާހަކައެއް ނުދައްކަވާ މޫސަ މިއަދު ވަނީ ފުލުހުން ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވައި އަދި އެމްޑީޕީގެ މެންބަރުންވެސް ފުލުހުންގެ އަގުވައްޓާލަން މަސައްކަތް ނުކުރެއްވުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން