ހުޅުމާލެ ފޭސް 2 ގައި ތަރައްގީ ކުރި ލޭބާ ކުއާޓާތަކަށް ޗައިނާގެ ފަރާތުން ލިބުނު އެހީއަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއިލް ޝުކުރު އަދާކުރައްވައިފި އެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޒާން ލިއޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުގެ އެދުމަކަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑުން ފޯރުކޮށްދިން އެހީ ބަލައިގަނެ ޝުކުރުވެރިވާކަމަށް ވިދާޅުވެ މިނިސްޓަރު ފައްޔާޒު ފޮނުއްވެވި ސިޓީ ލިބުމުން ވަރަށް އުފާކުރެއްވި ކަމަށެވެ.
ސަފީރު ވިދާޅުވެފައި ވަނީ ރާއްޖެ އާއި ޗައިނާ އަކީ އެއް ބަޔަކު އަނެއްބަޔަކަށް އަޅާލާ ދެ ބައިވެރިން ކަމަށެވެ. ސީއެސްސީއީސީ ގެ އެހީގައި ހުޅުމާލޭގައި ތަރައްގީ ކުރި ލޭބާ ކުއާޓާ އަކީ 800 އެއްހާ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް ތަރައްގީ ކޮށްފައިވާ ތަނެކެވެ.
ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ސީއެސްސީއީސީ ގުޅިގެން ތަރައްގީ ކުރި މި ލޭބާ ކުއާޓާގެ ބޮޑު ބައެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސީއެސްސީއީސީ އިންނެވެ. އެކުންފުނިން މި ކަންތައްތައް ކޮށްދީފައި ވަނީ ހިލޭސާބަހަށް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

Glad to receive a letter of appreciation from Minister @faya_i acknowledging quick response and contributions of CSCEC to Government of Maldives call for building temporary labor quarters for up to 800 worker in Hulumale phase II.
— Amb. Zhang Lizhong (@AmbassadorZhang) June 10, 2020
We're good partners helping each other. pic.twitter.com/QP9zeTEdW4
ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ސީއެސްސީއީސީ ގުޅިގެން ތަރައްގީ ކުރި މި ލޭބާ ކުއާޓާގެ ބޮޑު ބައެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސީއެސްސީއީސީ އިންނެވެ. އެކުންފުނިން މި ކަންތައްތައް ކޮށްދީފައި ވަނީ ހިލޭސާބަހަށް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު