ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް އެއްވެސް ހުރަހެއް، ނުފޫޒެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައި މިވަނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރުތައް ފަތުރާތީއެވެ.
ފުލުހުން ބުނީ ތަހުގީގަށް ހުރަސް އަޅަމުންދާކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ އެއްވެސް އަސާސެއްނެތް ދޮގުތުހުމަތެއްކަމަށެވެ.
ފުލުހުން ބުނީ އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާކަމަށެވެ. އަދި މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުންކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު