ޗައިނާއިންއިން މިފަހަރު ހަދިޔާކުރި ސިއްހީ ސާމާނު
ޗައިނާއިންއިން މިފަހަރު ހަދިޔާކުރި ސިއްހީ ސާމާނު
ޗައިނާއިން އަނެއްކާ ވެސް ރާއްޖެއަށް ސިއްހީ ސާމާނު ފޯރުކޮށްދީފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ކުރެއްވި ޓްވީޓެއްގައި މިއީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ ތިންވަނަ ބެޗްކަން ފާހަގަ ކުރައްވާފައި ވެއެވެ.

އެގޮތުން މިފަހަރު ރާއްޖެއަށް ހަދިޔާކުރި ސާމާނުގެ ތެރޭގައި 5000 މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކާއި، 50000 ސާޖިކަލް މާސްކާއި، 5000 ޑިސްޕޯސަބަލް ކަވަރޯލް އަދި 5000 މެޑިކަލް ގޮގުލްސް ހިމެނޭ ކަމަށް ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ އެހީއާއި ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއަށް ފޯރުވައިދިން ދީލަތި އެހީތެރިކަމަށްޓަކައި ޗައިނާ ސަރުކާރާއި، ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ގޮންޖެހުންތައް ބޮޑު މި ދަނޑިވަޅުގައި މެދުކެނޑުމެއްނެތި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތަކުން ރަމްޒުކޮށްދެނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީީވުމުގެ ގޮތުން ޗައިނާގެ ސަރުކާރާއި އެގައުމުގެ ބައެއް ކުންފުނިތަކުން ވެސް ވަނީ ރާއްޖެއަށް ސިއްހީ ގިނަ ސާމާނުތަކެއް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި ވެންޓިލޭޓަރާއި، ސިއްހީ އެކި އާލާތްތަކާއި ޕަރސަނަލް ޕްރޮޓެކްޓިވް އިކިއުޕްމަންޓްސް (ޕީޕީއީ) ވެސް ހިމެނެއެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ގާއިމް ކުރަމުން އަންނަ ކަރަންޓީން ފެސިލިޓީތަކަށް ވެސް ޗައިނާގެ އެކި ކުންފުނިތަކުން އަންނަނީ އަމަލީ ގޮތުންނާއި މާލީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ހަމައެއާއެކު، ޗައިނާއިން ވަނީ ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދޭން ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން