މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމްޑީއޭގެ ލީޑަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު، ސަން ސިޔާމްގެ ޕާސްޕޯޓް ސިވިލްކޯޓުން ހިފެހެއްޓީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ނިންމަވައިފިއެވެ.
ސަން ޓްރެވަލް ކުންފުނިން ހިލްޓަނަށް ދައްކަންޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމާއި އޭނާގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހުނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކުރެއްވީ ސަން ސިޔާމްގެ ފަރާތުންނެވެ. މައްސަލާގައި ހައިކޯޓުން މިއަދު ނިންމާފައިވަނީ އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން 09 ފެބްރުއަރީ 2022 ވަނަ ދުވަހު ނެރެފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކޭ ކަމަށެވެ.
ހައިކޯޓުގެ ޙުކުމުގައި އިތުރަށް ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް 16 ޖޫން 2022ގައި ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގެ 427 ވަނަ މާއްދާގެ (ބ) ގެ ދަށުން ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.1 އުވާލާފައިވާކަމަށެވެ.
"ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދަކީ ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.1 ގައި ހިމަނާފައިވާ ޤަވާޢިދެއްކަމަށްވާތީ، މިހާރު މި ޤަވާޢިދަކީ އުވާލެވިފައިވާ ޤަވާޢިދެކެވެ. އެކަމަކު މި މައްސަލައަކީ މި ޤަވާޢިދު އުވާލުމުގެ ކުރިން އަޅާފައިވާ ފިޔަވަޅަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާތީ، މިކަމުގެ ސަބަބުން އެ ނިންމުން ނިންމި ޤާނޫނީ ބިނާއަށް އަސަރު ނުކުރާނެ." ހައިކޯޓުގެ ހުކުމުގައިވެއެވެ.
އިސްފަނޑިޔާރު ހާތިފް ޙިލްމީގެ މި ރައުޔަށް ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ވަނީ ތާއީދުކުރަށްވާފައެވެ. މި މައްސަލާގައި ތަފާތު ރަޢުޔެއް ދެއްވާފައިވަނީ ފަނޑިޔާރު ޙުސައިން ޝަހީދެވެ.
މިމައްސަލައިގައި ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގައެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020ގައި ސަން ޓްރެވަލްގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު