އުމަރު ނަސީރު ގެ ވެރިކަމެއްގައި މާބަނޑު މީހުން ހޮސްޕިޓަލަށް ދަތުރު ކުރާނީ ހިލޭކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ހއ. ބާރަށު ކަނބަލެއްގެ ބަނޑަށް އޭނާގެ ދަރިފުޅު އިއްޔެ މަރުވި މައްސަލައަކީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ އެއާއިލާ އަށް ތައުޒިޔާ ދަންނަވަމުން ޢުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މާބަނޑު މީހުން ހޮސްޕިޓަލަށް ދަތުރު ކުރާނީ ހިލޭ ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވީ އަތޮޅުތަކުގައި ދިރިއުޅޭ މާބަނޑު މީހުން، އެމީހުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި އެކިއެކި ހާލަތްތަކުގައި ޑޮކްޓަރަށް ދެއްކުމަށް އަތޮޅު ހޮސްޕިޓަލަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލަށް ކޮންމެހެން ކުރަންޖެހޭ ދަތުރަކީ ވަރަށް ދަތި އަދި ގިނަފަހަރު އަތްނުފޯރާ ވަރުގެ އަގެއް ދައްކަންޖެހޭ ދަތުރު ތަކެއް ކަމަށެވެ.
އަދި މިއީ އާދައިގެ ނިކަމެތި އާއިލާތަކަށް ވަރަށް ބޮޑު ވޭނެއް އިހުސާސްކުރަން ޖެހޭ ދަތުރު ތަކެއް ކަމަށް އުމަރު ވިދާޅުވިއެވެ. އެމަރު ވިދާޅުވީ އުމަރުގެ ވެރިކަމެއްގައި، މާބަނޑު މީހުން ކަނޑު ހުރަސްކޮށް، ހޮސްޕިޓަލްތަކަށް ކުރަންޖެހޭ ދަތުރުތައް ހިލޭ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.
2045 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައި އޮތް ޤައުމަކަށް ހެދުމަށް ކަނޑައަޅައިފައިވާ "މޯލްޑިވްސް ވިޝަން 2045" ހާސިލްކުރެވޭނީ އުފަންވާ ކުދިންނަކީ، ދެމައިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވެ، ފުރިހަމަ ސިއްހަތުގައި އުފަންވާ ކުދިންނަށް ހެދިގެންކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާފައެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އިޢުލާނު ކުރެއްވުމަށްފަހު، ފަހުވަގުތު ވާދަ ނުކުރެއްވުމަށް އޭނާ ނިންމެވިއެވެ. އުމަރު މިހާރު ވަނީ 2023 ގައި ބާއވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް އިޢުލާން ކުރައްވައި ސޯޝަލް މީޑިއާގައި ކެމްޕޭން ވެސް ކުރައްވަން ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު