މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން ގދ. ގައްދޫ މީހަކު ހޯދުމަށް ފުލުހުން ޢާއްމުކޮށް އިޢުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
މި މައްސަލާގައި ފުލުހުން އިޢުލާނުކޮށްފައިވަނީ ގދ. ގައްދޫ ވިލަސް، މުޙައްމަދު ޒަޙުވާން ހޯދުމަށެވެ.
ފުލުހުންގެ އިޢުލާނުގައިވަނީ މުޙައްމަދު ޒަޙުވާން 2022 އޮގަސްޓް 11 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ނުވަތަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަށް ޙާޟިރުވުމަށް އަންގާފައެވެ.
އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ޒަޙުވާން ހޯދުމަށް ފުލުހުން ޢާއްމު އިޢުލާނެއް ކޮށްފައި މިވަނީ އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު