ދިރާސާ އައު އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު، 200 އަށްވުރެ ގިނަ ސްކޫލްގައި 92000 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށާނީ 92300 ދަރިވަރުންނާއެކުކަމަށެވެ. އަދި 217 ސްކޫލެއްގައި ކިޔަވައިދޭނެކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ކަންކަން ކުރިއަށް ގޮސްނިމިފައިވާއިރު މާލެ ސަރަޙައްދަށް އިތުރު 1500 ދަރުވަރުން ބަދަލުވެފައިވާކަން އެޑިއުކޭޝަނުން ފާހަގަކުރެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުންވެސް ހަމަވެފައިވާކަމަށެވެ. އަދި އެއީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގައި ފެނިގެން ދިޔަ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އެޑިއުކޭޝަނުން ފާހަގަކުރެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ 8364 ޓީޗަރުންނާއެކުއެވެ. މީގެ ތެރޭގައި ހިމެނެނީ 6006 ދިވެހި ޓީޗަރުންނާއި 1693 ބިދޭސީ ޓީޗަރުންނެވެ.
ސްކޫލް ފެށުމަށް ތައްޔާރުވެފައިވާއިރު ހުރިހާ ސްކޫލްތަކަށް ފޮނުވަންޖެހޭ ޓެކްސްޓް ފޮތްތައް ފޮނުވާ ފޮތްތައް ފޯރުކޮށް ނިމޭނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު