އެއްޖިންސުން ގުޅުންހިންގުމުގެ މައްސަލަތަކުގައި ތަޢުލީމީދާއިރާގެ 2 މުވައްޒަފުން ސަސްޕެންޑްކޮށްފައި ވާކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ތަޢުލީމާބެހޭ ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ އަޙްމަދް ޢަލީ މިއަދު "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެއްޖިންސުން ގުޅުންހިންގުމުގެ މައްސަލަތަކުގައި ތަޢުލީމީދާއިރާގެ 2 މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާނެ ކަމަށެވެ.
ތަޢުލީމީ ދާއިރާގެ 2 މުވައްޒަފުން މިފަދަ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައިވާއިރު ދަރިވަރުންގެ ރައްކާތެރިކަމާމެދު މީސްމީޑިއާގައި ބައެއް ބެލެނިވެރިން ގެންދަނީ ސުވާލު އުފައްދަމުންނެވެ. ތަޢުލީމާބެހޭ ވުޒާރާއިން މިހާރު ތައްޔާރުވަމުން ގެންދަނީ ދިރާސީ އާއަހަރުގެ ކިޔެވުން މާދަމާ ފެށުމަށެވެ.
ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރި އާއެކު ގުޅުން ހިންގާ ވީޑިއޯއެއްގައި ހިމެނޭ ޓީޗަރެއް އިއްޔެވަނީ ސަސްޕެންޑް ކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަލަމްގިރި މައްސަލައާއި ގުޅުމެއްނެތް އުތުރުގެ ރަށެއްގެ ޓީޗަރެއްވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި އުޅޭއިރު އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އެ މައްސަލާގައި ހިމެނޭ އިތުރުމީހުން ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު