މާލޭ އިންޑަސްޓްރިއަލް ޒޯންގެ މަގެއްގައި ކުނި ޖަމާވެފައި
މާލޭ އިންޑަސްޓްރިއަލް ޒޯންގެ މަގެއްގައި ކުނި ޖަމާވެފައި
އިންޑަސްޓްރިއަލް ޒޯނުގެ މަގުތަކުގައި ކުނި ގިނަވެފައިވާތީ، އެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލާއި ވެމްކޯ ގުޅިގެން ފަށަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ, އިންޑަސްޓްރިއަލް ޒޯންގައި ކުނި ގިނަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާ ލިބެމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު އެ މަގުތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާއި ޙަވާލުކޮށްފައިވާ ކަމަށެވެ.

އިންޑަސްޓްރިއަލް ޒޯންގައި ކުނި ޖަމާވެ އެސަރަހައްދުގެ މަގުތައް ކުނިން ފުރިފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ ޢާއްމުންގެ ނުރުހުން ވެމްކޯ އާއި ސިޓީ ކައުންސިލަށް ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް އެ ސަރަހައްދު މީގެ ކުރިން ބަލަހައްޓަމުންއައީ ޕްލޭނިން މިނިސްޓްރީންކަން ސިޓީ ކައުންސިލްގެ ޓްވީޓުން ވަނީ، ސާފުވެގެން ގޮސްފައެވެ.



ސިޓީ ކައުންސިލުން ބުނީ، އެ މަގުތައް ބެލެހެއްޓުން ސިޓީ ކައުންސިލާއި ހަވާލުކުރުމާއެކު، މަގުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯއާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް މަގުތައް ސާފު ކުރުމަށް ފަށާނެ ވަގުތެއް ސިޓީކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން