ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް؛ ފްލެޓް ދިނުން ލަސްވެގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް؛ ފްލެޓް ދިނުން ލަސްވެގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން
ހިޔާ މަޝްރޫއުގެ ފްލެޓްތަކުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލުގެ އާއިލާގެ 37 މީހަކަށް ލިބުނު ފްލެޓްތަކުގެ އަދަދު 28 އަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެ ޝަކުވާ ކޮށްފިއެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޚަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާގެ އާއިލާއަށް ފްލެޓް "ފުންޏެއް" ލިބިފައިވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. އެކަމަކު އެ އަދަދު 37 އިން 28 އަށް މިފަހުން ވެއްޓުނީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ބޯހިޔާވަހިކަމަށް ޖެހި 20000 އަށް ވުރެ ގިނަ މީހުން 7000 ފްލެޓަށް ކުރިމަތިލިއިރު ބައެއް އާއިލާތަކަށް އެންމެ ފްލެޓެއް ވެސް ނުލިބި، ހަލީލުގެ އާއިލާގެ 37 މީހަކަށް ފްލެޓް ލިބުމުން އެ މައްސަލަ އޭރު ސޯޝަލް މީޑިއާގައި ވަަރަށް ހޫނުވި އެވެ. އަދި ހިޔާ މަޝްރޫޢުގެ ފްލެޓުތައް ދީފައި ވަނީ އެންމެ ހައްގުވެރިންނަށްތޯ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުފެއްދި ކޮމިޓީން މައްސަލަ ބަލަމުން އަންނައިރު މިހާތަނަށް އެ ލިސްޓަށް އައިސްފައިވާ ބަދަލުތައް ހާމަކޮށްފައެއް ނުވެއެވެ.

ޑރ. ޚަލީލްގެ ޢާއިލާއަށް ލިބުނު ފްލެޓްތަކުގެ ޢަދަދު މަދުވެގެން ޝަކުވާކޮށް ކުރައްވާފައިވާ ޓްވީޓްގައި އޭނާ ވަނީ، "ސުމަކަށް ބަދަލުވުމުގެ ކުރިން" ފްލެޓް ކޮބައިތޯ ސުވާލުކުރަށްވާފައެވެ.

ފްލެޓްތަކުގެ މައްސަލާގައި، މީގެ ކުރިން ޑރ. ހަލީލު ނެރުނު ބަޔާނުގައި ވަނީ އޭނާ ނިސްބަތްވާ ނިލަންދޫގެ 47 މީހަކަށް ފްލެޓް ލިބުނު ކަމަށާއި، އޭނާގެ އާއިލާއަކީ ބޮޑު އާއިލާއެއް ކަމުން ފްލެޓް ލިބުނު މީހުންގެ ތެރޭގައި އެ އާއިލާގެ 37 މީހަކު ހިމެނޭ ކަމަށެވެ. އެކަމަކު އެއީ އޭނާގެ އެއްވެސް ނުފޫޒެއް އޮވެގެން ލިބިފައިވާ ފްލެޓްތަކެއް ނޫން ކަމަށް ވެސް އޭރު އޭނާ ވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފްލެޓްތައް މިއަހަރުގެ ފަހުކޮޅު ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް މިހާރު ހައުސިން މިނިސްޓަރ ކަމުން އިސްތިޢުފާ ދެއްވާފައިވާ، ކުރީގެ މިނިސްޓަރ އާމިނަތު އާތިފާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން