ކުޅުދުއްފުށިސިޓީ
ކުޅުދުއްފުށިސިޓީ
ހދ އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ޚިދުމަތް ފެށުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.

އެ ހޮސްޕިޓަލާ ޙަވާލާދީ ކުޅުދުއްފުށީ އޮންލައިން ގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުން މި ޕްރޮގްރާމް ފެށުމަށް ނިންމީ ރައްޔިތުންނަށް ފުރަބަންދުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އާއި، އާންމު ފެރީ ދަތުރުތަކުގެ ހިދުމަތް ނުފަށާތީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު މާބަނޑު މީހުންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ސްކޭންކުރުމަށްޓަކައި ޕޯޓަބަލް ސްކޭނިންގ މެޝިނެއް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް މިމަހުގެ 13 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މާބަނޑު މީހުންގެ ޑޮކްޓަރުންގެ އިތުރުން އެހެން ބަލިތަކުގެ ހާއްސަ ޑޮކްޓަރުންވެސް ވަނީ މި ޓީމުގައި ހިމަނާފައެވެ. އެގޮތުން އެތެރެހަށީގެ ޑޮކްޓަރުންނާއި، ހަމުގެ ޑޮކްޓަރުން އަދި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން މި ޓީމުގައި ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

ކުޅުދުއްފުށި ސިޓީ ނުހިމަނައި، ހދ އަތޮޅުގައި މިވަގުތު 94 މާބަނޑު މީހުން އެބަތިއްބެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިފަދަ ކަމަކަށް އިސްނަގާފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރަށްތަކަށް ލަފާ ފުރުން މަނާކޮށްފައިވާތީޗރަނގަޅު ސިއްހީ ޚިދުމަތްތަކަށް ވާސިލު ނުވެވިގެން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގާފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން