ކޯވިޑް-19 އާއި ގުޅިގެން މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވަނީ
ކޯވިޑް-19 އާއި ގުޅިގެން މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއިން މިއަދު އިތުރު 27 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 40 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދަދާއެކު ކޯވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ ދެހާހުން މައްޗަށް އަރައިފިއައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް މިބައްޔަށް 2003 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ރޭގެ 18:00 އިން މިރޭގެ 18:00 އަށް ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 27 މީހުންނެވެ. މި މީހުހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި، 12 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ މީހެކެވެ.

ރާއްޖެއިން މިއަދު އިތުރު 27 މީހަކަށް ކޯވިޑް-19 ޖެހިފައިވީ ނަމަވެސް، ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 40 މީހަކު މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާރު ކޯވިޑް-19 އަށް ފަރުވާދެމުންދަނީ 800 މީހުންނަށެވެ. މިބަލިން މިހާތަނަށް 1،193 މީހުންވަނީ ރަނގަޅު ވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުފަހުން މިއަދަށް 97 ދުވަސް ވެފައިވާއިރު މިބަލި ފެތުރުން ހުއްޓުވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށްވަނީ ލުއިތަކެއްދޭން ފަށައިފައެވެ. މިގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިގެން 08 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން