ރައްޔިތުންގެ ޑިމާންޑްތަކަށް އިތުރު ހިތްވަރުލައިގެން މަސައްކަތްކޮށްދިނުމަށް ފުލުހުންގެ ކިބައިން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله އެދިވަޑައިގެންފިއެވެ.
އިމްރާން ދިވެހި ފުލުހުންގެ ކިބައިން އެކަމަށް އެދިވަޑައިގެންނެވީ ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރ ވިދާޅުވީ ރައްޔިތުން ކަންކަމަށް ޑިމާންޑްކުރާނެ ކަމަށާއި, އެޑިމާންޑްތަކަށް ވަޞީލަތްތައް ހުރި މިންވަރަކުން މަސައްކަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގަކީ އަދި ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ މުޅި މުޖުތަމައުގެ ޝަރަފާއި, އަގުކަމަށެވެ. އަމަންއަމާންކަމާއި, ރައްކާތެރިކަމާއި, އަދުލުއިންސާފާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އެއަގުތައް ހިފެހެއްޓުނު މިންވަރަކުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މުއައްސަސާގެ ތެރޭގައި އެއަގުތައް ހިފަހައްޓާ, އެއަގުތަކަށް އިސްކަންދެވި އެކަމަށްޓަކައި ހުރިހާ އޮފިސަރުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ ދިވެހި މުޖުތަމައަށްޓަކައި ފުލުހުން އަދާކޮށްދެއްވަންޖެހޭ ވަރަށްބޮޑު ޒިންމާއެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
"ފުލުހުންގެ އިއްޒަތާއި ޝަރަފް މަތިވެރިވި ވަރަކަށް, ފުލުހުންނަށް ރީތިނަން ލިބުނު ވަރަކަށް ފުލުހުން އަދާކުރާ ޒިންމާ ރައްޔިތުން ބަލައިގަންނަވަރަކަށް މުޖުތަމައު ކުރިއަށްދާނެ, މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާކަން އަޅުގަނޑުމެން ވަޒަންކުރާގޮތަކީ, ރައްޔިތުން ވަޒަންކުރާގޮތަކީ އެއީ." މިނިސްޓަރ ވިދާޅުވިއެވެ.
ރައްޔިތުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވީ ފުލުހުންގެ މުއައްސަސާއަކީ އަޅުގަނޑުމެންގެ މުއައްސަސާއެއްކަމުގައި ދެކި, އެމުއްސަސާއަށް ލޯތްބާއި އިހުތިރާމްދީ ކަންކަމުގައި އެއްބާރުލުން ދެއްވުމަށެވެ. އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކަށް ކުރެވޭ ކަމެއްގެ ސަބަބުން އޭގެ މަލާމާތާއި, ނުރުހުންތެރިކަން މުޅި މުއައްސަސާއަށް ރައްދު ނުކުރުމަށް އެދިވަޑައިގެން މިނިސްޓަރ ވިދާޅުވީ އެފަދަ އޮފިސަރުންނާ މެދު ފިޔަވަޅު އަޅާ, މުއައްސަސާގެ އަގު ހިފަހައްޓަވަން މަސައްކަތްކުރައްވާނެކަމަށެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ކުރިއަރާ ތަރައްޤީ ވެވޭނީ އަދި ފާގަތި ބަޔަކަށް ވެވެނީ އެކަމަށްޓަކައި އެމުޖުތަމައެއްގައި އަށަގަންނުވަންޖެހޭ ހުރިހާ ބަހާތަކާއި, ސިފަތައް އަށަގެންނެވުމުންކަމަށެވެ. އަދި އެމުޖުތަމައެއްގެ އަހުލުވެރިންގެ ކިބައިގަ ހުންނަންޖެހޭ ފުރިހަމަ ޢިލްމީ ޤާބިލްކަން އަފްރާދުންގެ ކިބައިގައި އަށަގެންނެވިގެންކަމަށެވެ.
އެބައެއްގެ ތެރޭގައި ހުންނަންޖެހޭ އުފެއްދުންތެރިކަމާއި, ހުނަރުވެރިކަމާއި, ޤާބިލްކަން އުފެއްދެނީ އެބައެއްގެ މެދުގައި އޮންނަން ޖެހޭ އަދުލުވެރިކަމާއި, އިންސާފާއި ހަމަހަމަކަން ޤާއިމްކުރެވުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްކާތެރިކަމާއި އަމާންކަމަކީ މުޖުތަމައެއް ކުރިއަރާދިއުމަށްޓަކައި އެންމެ މުހިއްމު އެއްބަހާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިމުޖުތަމައު ކުރިއަރާދިއުމަށްޓަކައި, މުޖުތަމައަކީ އުފާވެރި މުޖުތަމައަކަށްވުމަށް ޓަކައި އަޅުގަނޑުމެން އުފައްދަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުން. މިކަން ކުރެވެނީ ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވުނީމަ, ފުލުހުންނާއެކުގައި އެހެން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރީމަ, ރައްޔިތުންގެ ކިބައިގަ އެސިފަތައް އަށަގެންނެވީމަ. ވަކިން ޚާއްޞަކޮށް ރައްޔިތުންގެ ކިބައިގަ ހުންނަންޖެހޭ ތަހުޒީބީ މުޖުތަމައުތަކަށް އެކަށީގެންވާ ރީތި ސިފަތަކާއި, މަތިވެރި އަހުލާޤިއްޔާތު އަށަގެންނެވުން އެއީ މުޖުތަމައު ކުރިއަރައިގެން ދިއުމަށްލިބޭ އެންމެ މުހިއްމު އެއްސިފަ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން ކުށްކުރާ ފަރާތްތައް ބަންދުކުރެވިދާނެކަމަށެވެ. އަދި ޖަލަށްވެސް ލެވިދާނެކަމަށެވެ. އެކަމަކު ކޮންމެ މީހަކަށް އަދަބުދިނުން އަދި އެއީ ހައްލެއްނޫން ކަމަށާއި, ހައްލަކީ ފުލުހުންނާއި, ކައުންސިލާއި މުޖުތަމައުގެ އެންމެން ގުޅިގެން މުޖުތަމައުން އެފަދަ ކަންކަން ނެތިކޮށްލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގައި ސަރުކާރުގެ ސިޔާސަތު ތަކުރާރުކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ވަރަށްބޮޑު ޒިންމާއެއްކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް އެކަން މަތިކުރައްވާ, އެޒިންމާ އަޅުގަނޑުމެންގެ ބޮލުގައި އަޅުވާފައިވަނީ އެމަނިކުފާނަށް ކުރެވޭ އިހުސާސެއްގެ ބޮޑުކަމުން. މިއަދު ރާއްޖޭގެ ރައްޔިތުންގެ އަމާންކަމާއި, ރައްކާތެރިކަމާއި, ސުލުހަވެރިކަމަށްޓަކައި ރާއްޖޭގައި ކުރަންހުރި ހުރިހާކަމެއްގެ ތެރެއިން އެންމެ އިސްކަމަކީ ކޮންމެ މުޖުތަމައެއްގައި ފުލުހުންގެ ޚިދުމަތް ދިނުންކަން އެމަނިކުފާނަށް އިހުސާސްކުރެއްވޭތީ." މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި, ރައްކާތެރިކަމަށް އެވަރަށް އިސްކަންދެއްވާ ފުލުހުންގެ ޚިދުމަތް ކުރު މުއްދަތެއްގައި ކުރިއަރުވާ ފުޅާކުރުމަށް އިރުޝާދުދެއްވާ, އެކަމަށްޓަކައި ދެއްވަންޖެހޭ ހުރިހާ މަގުތަކެއް ފަހިކޮށްދެއްވާތީ މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ކޮންމެ ރަށެއްގައި ޤާއިމްކުރާ ޕޮލިސް ސްޓޭޝަނަކީ ރާއްޖޭގެ އަމާންކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މިގަތާލާ ޗޭނުގެ ބޮޅެއްކަމަށެވެ. ރާއްޖޭގެ އަމާންކަމާއި ސުލުހަވެރިކަން ކަށަވަރުކުރުމަށް މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުން ޤާއިމްވުމުން މެނުވީ މިޗޭނު, ނުވަތަ މިބޮޅު އެއްކޮށް ފުރިހަމަވެގެން ނުދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު