އައްޑޫ ސިޓީން ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ކަރަންޓީން ފެސިލިޓީގައި ހުރި ޢުމުރުން ދުވަސްވީ މީހަކު އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު އައްޑޫގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރަމުން ގެންދާ ކަމަށެވެ.
ކޯވިޑް-19 އަށް ޓެސްޓް ކުރާ މެޝިނާއި އެއާ ގުޅުންހުރި ސާމާނު އައްޑޫ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މިއަދު ނޫނީ މާދަމާ އައްޑޫއަށް އެ ސާމާނު ފޯރުކޮށްދެވޭނެ ކަމަސް އޭނާ ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ، އެއީ އައްޑޫގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނަށް ވެސް އުފާވެރި ހަބަރެއް ކަމަށެވެ.
އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ރިސޯޓުގައި ކަރަންޓީނުކޮށްފައި ހުރި 65 އަހަރުގެ މީހަކު އިއްޔެ ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އެ އަންހެން މީހާ އައްޑޫ އަށް ގެންދެވިފައި ވަނީ ޓްރާންސިޓް ކަރަންޓީންގެ ތެރެއިން ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ. ކަރަންޓީންގައި އޭނާ އާއި އެކު އެއް ކޮޓަރިއެއްގައި އޭނާގެ މާމަ ދަރިފުޅު ހުރި ނަމަވެސް ކޯވިޑް-19 އަށް އެ ކުއްޖާ ވަނީ ނެގެޓިވް ވެފައެވެ.
އައްޑޫގައި ހިންގަމުން އަންނަ ބައެއް އަމިއްލަ ކްލިނިކްތަކުން ވެސް ވަނީ ކޮވިޑަށް ޓެސްޓްކުރުމަށް ހެލްތު މިނިސްޓްރީގެ ހުއްދައަށް އެދިފަ އެވެ. އެކަމަކު މިހާތަނަށް އަދި އެ ސިޓީން އެއްވެސް އަމިއްލަ ކްލިނިކަކަށް ޓެސްޓްކުރުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު