މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓް ލިޔުނު ފަރާތްތަކަށާއި, އެ ޖަމިއްޔާގެ އިސް ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ޖަމިއްޔަތުއް ޞަލަފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމުޢިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްޑީއެން އުވާލި ފަހުން ވެސް އެ ޖަމިއްޔާގެ ނަމުގައި ސޯޝަލް މީޑިއާގައި އެކިއެކި ރަސްމީ ބަޔާންތަކާއި ޕޯސްޓްތައް ނެރެމުންދާ ކަމަށާއި އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ އެންގުންތަކަށް ގޮންޖަހާ އެ ޖަމިއްޔާ ހިންގަމުންދާކަން އެނގޭ ކަމަށެވެ.
ސަލަފްގެ ބަޔާނުގައި ބުނެފައި ވަނީ، އެމްޑީއެން އުވާލިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ޖްމިއްޔާގެ ރިޕޯޓް ލިޔުނު ފަރާތްތަކަށާއި، އެ ޖަމުޢިއްޔާ ހިންގުމުގައި އިސްކޮށް ތިއްބެވި ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވަމުންދާ ނަމަ ސަރުކާރުގެ އިސްވެރިންނާ މެދު އޮތް އިތުބާރު ގެއްލެމުންދާނެ ކަމަށެވެ.
އެހެންކަމުން އެ ރިޕޯޓް ލިޔުނު ފަރާތްތަކާމެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށާއި، ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ އަށާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެ ޖަމުޢިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި އެމްޑީއެންގެ އިސް ފަރާތްތަކަށް އަވަހަށް ފިޔަވަޅު ނާޅާހާ ހިނދަކު ސަލަފުން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި އެކަމަށް ގޮވާލަމުން ދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، އެމްޑީއެން އުވާލާފައިވާކަން ސަރުކާރުން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެހެން ނަމަވެސް އެ ޖަމުޢިއްޔާގެ ލޯގޯ ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ބަޔާންތައް ގެންދަނީ ޢާއްމު ކުރަމުންނެވެ.
އެމްޑީއެން ގެ އިސް ފަރާތައް މިހާރުވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ހަރަކާތްތެރިވާ ކަމަށާއި އެމީހުންނަށް އެކި ނަންނަމުގައި ވަޒީފާދީގެން މި ސަރުކާރުން ހޭދަކުރާ ކަމަށްެވެސް އިދިކޮޅު ފަރާތްތަކުން ސިފަ ކުރެއެވެ. އެގޮތުން މިހާރުގެ ޕޮލިސް ކޮމިޝަނަރަކީވެސް އެމްޑީއެންއާއި ގުޅުންހުރި އަދި އެކި ހަރަކާތްތަކުގައި އެޖަމިއްޔާ ތަމުސީލު ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އިދިކޮޅުން ކުރާ މިތުހުމަތުތައް ކޮމިޝަނަރ ދޮގުކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު