ހުޅުމާލޭ ފޭސް 2 ގައި ގާއިމްކޮށްފައިވާ ފުރަތަމަ ސްކޫލް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކާ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވާފައިވާ ސްކޫލަށް ދީފައިވާ ނަމަކީ ކާމިލްދީދީ ޕްރައިމަރީ ސްކޫލެވެ. 824 ދަރިވަރުންނާއެކު ސްކޫލްގެ ކިޔެވުން ފަށާފައިވާއިރު، މި ސްކޫލްގައި ކިޔަވައިދެނީ އެލްކޭޖީން ފެށިގެން ގްރޭޑް 6 އާ ހަމައަށެވެ.
މި ސްކޫލްގެ ނަން ނިސްބަތްވާ އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަކީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފްއެވެ. މި ސްކޫލްގައި ޖުމުލަ 12 ކްލާސް ރޫމް ހިމެނޭއިރު މި ވަގުތު ސްކޫލްގައި 47 ޓީޗަރުން މަސައްކަތްކުރާނެ އެވެ.
ހުޅުމާލެ ސްކޫލުތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތުމާއެކު ހުޅުމާލޭގައި ގިނަ ސްކޫލްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1200 ކުދިންގެ ޖާގަ ހިމެނޭ ސަލާހުއްދީން ސްކޫލާއި، 1200 ކުދިންގެ ޖާގައިގެ އިތުރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 800 ކުދިންގެ ޖާގަ ހިމެނޭ އަޖީލާލް ސްކޫލާއި، 1100 ކުދިންގެ ޖާގަ ހިމެނޭ ސީއެޗްއެސްއީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ތައްޔާރުވަމުން ގެންދަވަނީ އަންނަ އޮކްޓޯބަރމަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަމީލުދީދީ ޕްރީ ސްކޫލް ހުޅުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު