ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި 6 ބުރީގެ ލެޝާ ހޮޓަލެއް އަޅަން ބޭރުގެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްގީ ކުރުމަށް 2017 ވަނަ އަހަރު ހަވާލުކޮށްފައިވަނީ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާއެވެ.
އެޗްޑީސީން ބުނީ އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާލާ ގޮތަށް ޖުލައި 2017 ގައި ސޮއިކުރި މި އެއްބަސްވުން ބާތިލުކުރަން ނިންމީ އެ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައިވާތާ އަހަރުތަކެއް ފަހުން، ޕްރޮޖެކްޓު ނިމޭނެކަމުގެ އެއްވެސް އަލިމަގެއް ނުފެނިގެން ކަމަށެވެ.
385.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގައި އެޗްޑީސީން އަމަލުކުރި ގޮތާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް އެޗްޑީސީން މި އެއްބަސްވުން ބާތިލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ.
އެޗްޑީސީން ވަނީ 30 ދުވަހުގެ ތެރޭގައި ބިން ހަވާލުކުރަންވެސް އަންގާފައެވެ.
ވޯޓާރ ތީމް ޕާކުގެ އެއްބަސްވުން ބާތިލުކުރުމުން ވޯޓާ ފްރަންޓް ކުންފުނިން ވަނީ އެޗްޑީސީގެ ސިޓީއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދޭން ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް ވޯޓާ ފްރަންޓުން އެދުނު ކަންކަމަށް އަމުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު