ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަކީ ހިޔާފްލެޓްގައި ދިރިއުޅޭ މީހުންނަށް ލިބުނު ބޮޑު ލުޔެއް ކަމަށް ހިޔާ ޔޫނިއަނުން ބުނެފިއެވެ.
ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް ހުރި ސަރަޙައްދުގައި އިއްޔެ ހުޅުވާފައިވާ ކާމިލްދީދީ ޕްރައިމަރީ ސްކޫލްގެ ކިޔެވުން ފަށާފައިވަނީ 824 ދަރިވަރުންނާއެކުގައެވެ. މި ސްކޫލްގައި ކިޔަވައިދެނީ އެލްކޭޖީން ފެށިގެން ގްރޭޑް 6 އާ ހަމައަށެވެ.
ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމާ ގުޅިގެން ހިޔާ ޔޫނިއަނުން ބުނެފައިވަނީ މިއީ ހިޔާގައި ދިރިއުޅޭ އެތަށްބަޔަކަށް ލިބިގެން ދިޔަ ފަސޭހައެއް ކަމަށެވެ. އަދި ޢިލްމު އުގަންނައިދިނުމުގައި ދަރިވަރުން ތަފާތުނުކޮށް، ވަޞީލަތްތަކުގެ ބޭނުން އޭގެ ފުރިހަމައަށް ހިފާނެކަން ޔަޤީންކުރާކަމަށް ހިޔާ ޔޫނިއަނުންވަނީ ބުނެފައެވެ.
މި ސްކޫލްގައި ޖުމުލަ 12 ކްލާސް ރޫމް ހިމެނޭއިރު މި ވަގުތު ސްކޫލްގައި 47 ޓީޗަރުން މަސައްކަތްކުރާނެ އެވެ. ހުޅުމާލެ ސްކޫލުތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތުމާއެކު ހުޅުމާލޭގައި ގިނަ ސްކޫލްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1200 ކުދިންގެ ޖާގަ ހިމެނޭ ސަލާހުއްދީން ސްކޫލާއި، 1200 ކުދިންގެ ޖާގައިގެ އިތުރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 800 ކުދިންގެ ޖާގަ ހިމެނޭ އަޖީލާލް ސްކޫލާއި، 1100 ކުދިންގެ ޖާގަ ހިމެނޭ ސީއެޗްއެސްއީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ތައްޔާރުވަމުން ގެންދަވަނީ އަންނަ އޮކްޓޯބަރމަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަމީލުދީދީ ޕްރީ ސްކޫލް ހުޅުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު