އަމާޒަކީ މިހާރު ހެދިފައިވާ ޕްލޭންތަކާއެކު މަސައްކަތްތައް އިތުރަށް ހަލުވިކުރުންކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އާތިފް ހަމަޖައްސާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު އެ މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. 2019 ވަނަ އަހަރުން ފެށިގެން އަހުމަދު އާތިފް ހުންނެވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

އެޗްޑީސީގެ އެމްޑީ ކަމަށް އާތިފް ހަމަޖެއްސުމުން އެޗްޑީސީން މިއަދު ވަނީ އާތިފަށް މަރުހަބާ ދެންނެވުމަށް ކުޑަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އާތިފް ވިދާޅުވީ އަމާޒަކީ މިހާރު ހެދިފައިވާ ޕްލޭންތަކާއި ގެނެވިފައިވާ ބަދަލުތަކާއެކު މަސައްކަތުގެ ދުވެލި ހަލުވިކުރުން ކަމަށެވެ.

"އަޅުގަނޑާއި އެކީ މަސައްކަތް ކުރަމުން މިއައި ޓީމާ އެކީ މި މަސައްކަތްތައް އިތުރަށް ހަލުވިކޮށް އަވަސްކޮށް ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި އެކަން ކުރިޔަށް ގެންދިއުން." އާތިފް ވިދާޅުވެފައިވެއެވެ.



އެެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަހުމަދު އާތިފް އައްޔަނުކުރިކަން ހާމަކޮށް އެޗްޑީސީން ބުނީ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމަށް އައްޔަނުކުރި އާތިފްގެ އިރުޝާދާއި ލީޑަޝިޕްގެ ދަށުން އެޗްޑީސީ، އާ އުސްމިންތަކަކަށް ގެންދެވޭނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި އާތިފަކީ ހިންގުންތެރި، އެންމެނާއި ގުޅިގެން މަސައްކަތްކުރާ ބޭފުޅެއްކަމަށްވެސްް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

އަހުމަދު އާތިފް ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝާރ އިން އެކައުންޓިންގ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލްކޮށް، އެދާއިރާގައި 10 އަހަރު މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ އެކި މަގާމްތައް ހިމެނެއެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައިވެސް އޭނާ މަސައްކަތް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން