ސަރުކާރުގެ އެކި މުއައްސަސާތަކުގެ ނަމުގައި އޮޅުވާލައިގެން ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، އެފަދަ މެސެޖުތަކެއް ފޯނުތަކަށް ފޮނުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ، އެހެންކަމުން އެކަން ފުލުހުން ބަލަމުންދާކަމަށެވެ. އަދި އެފަދަ އެސްއެމްއެސްއެއް ލިބުނު ނަމަވެސް އެއިން މެސެޖެއްގައިވާ ލިންކަށް ކްލިކް ނުކުރުމަށް ވެސް ފުލުހުންވަނީ އެދިފައެވެ.
އަދި ފުލުހުން ވަނީ އެފަދަ މައްސަލަތައް އެ އިދާރާގެ އޮންލައިން ކްރައިމްމް ރިޕޯޓިންގ ޕޯޓަލަށް ނުވަތަ ހޮޓްލައިން ނަންބަރު 3322111 ގުޅައިގެން ރިޕޯޓް ކުރުމަށް އެދިފައެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމަށް މިހާރު ހިންގަމުންދާ ސްކޭމްގެ ދަށުން، ފެނަކަ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ނަމުގައި އަދި މި ނޫން އެހެން މުއައްސަސާތަކުގެ ނަމުގައިވެސް ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވެއެވެ.

އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު އަޅުގަނޑުމެނަށް ވަނީ ލިބިފަ. މިކަން ފުލުހުން ދަނީ ބަލަމުން. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ދަންނަވަން. pic.twitter.com/59f3prnNki
— Maldives Police (@PoliceMv) September 6, 2022
އަދި ފުލުހުން ވަނީ އެފަދަ މައްސަލަތައް އެ އިދާރާގެ އޮންލައިން ކްރައިމްމް ރިޕޯޓިންގ ޕޯޓަލަށް ނުވަތަ ހޮޓްލައިން ނަންބަރު 3322111 ގުޅައިގެން ރިޕޯޓް ކުރުމަށް އެދިފައެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމަށް މިހާރު ހިންގަމުންދާ ސްކޭމްގެ ދަށުން، ފެނަކަ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ނަމުގައި އަދި މި ނޫން އެހެން މުއައްސަސާތަކުގެ ނަމުގައިވެސް ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު