ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ ޝަރީއަތުގެ އަޑުއެހުމެއްގައި ދައުލަތުގެ ވަކީލުން ހީނ ސަމާސާކޮށް، ސަކަރާތް ޖަހާތީ ފަނޑިޔާރު އިންޒާރު ދެއްވައިފިއެވެ.
މިކަން ހިނގާފައިވަނީ ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ކުރިއަށްދިޔައީ އިއްޔެއެކޭ އެއްގޮތަށް ހެކި ބަސް ނެގުމެވެ. ނަމަވެސް ހެކި ބަސް ނަގަމުން ދިޔަ ވަގުތު ޝަރީއަތުގެ މަޖިލީހުގައި ތިބި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން ނުވަތަ ދައުލަތުގެ ވަކީލުންގެ ފަރާތުން ވަނީ ފެންނަން ނުޖެހޭފަދަ މަންޒަރުތަކެއް ފެނިފައެވެ. މިގޮތުން އެކަކު އަނެކަކު ގައިގައި ކޮއްޓާ، ހީ ސަމާސާކޮށްފައިވެއެވެ. އަދި އެ މަންޒަރުތައް ދިޔައީ ޓީވީތަކުން ލައިވްކޮށް ދައްކަމުންނެވެ.
އެކަން އެހެން ހިނގަން ފެށުމުން މައްސަލަ ބައްލަވާ ފަނޑިޔާރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އެކަން ހުއްޓުވައި، އެކަން ތަކުރާރު ނުކުރެއްވުމަށް ދައުލަތުގެ ވަކީލުންނަށް އިންޒާރު ދެއްވާފައެވެ.
"ދައުލަތުގެ ވަކީލުން ހީ ސަކަރާތް ޖަހައި މަޖިލީހެއް ނޫން މިއީ. އެއް ބޭފުޅަކު އަނެއް ބޭފުޅެއް ގައިގައި ކޮއްޓާ ހީ ސަކަރާތް ޖަހާ ތަނެއް ނޫން މިއީ. އެފަދަ ކަންކަން ކުރާނަމަ ޖެހޭނީ އެ ވަކީލަކާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އަޅަން." ގާޒީ ޝަކީލް ވިދާޅުވިއެވެ.
ގާޒީ ޝަކީލު ވިދާޅުވީ ކޮންމެ ވަކީލަކީވެސް ވަކީލުން ކުރަންޖެހޭ ހުވާކޮށްގެން، އެ މިންވަރަށް ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކަމަށެވެ. އެހެންވީމާ ވަކީލުން މަސައްކަތްކުރަން ޖެހޭނީ އެ އުސޫލުންކަމަށްވެސް ގާޒީ ޝަކީލު ވިދާޅުވިއެވެ.
"ޝަރީއަތަށް ޖެއްސުންކުރުމާއި އުނދަގޫ ކުރުމަކީ ވަކީލުންގެ ފަރާތުން ފެންނަންޖެހޭނެ ސިފައެއް ނޫން. އެގޮތަކަށް އެ ފުރުސަތެއް ނޭރުވޭނެ." ގާޒީ ޝަކީލް ވިދާޅުވިއެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުންގެ ފަރާތުން މީގެކުރިންވެސް މިފަދަ ބައެއް މަންޒަރުތައް ފެންނާތީ އާއްމުންގެ ފާޑު ކިޔުން އަމާޒުވެފައި އެބަހުއްޓެވެ. ނަމަވެސް އެކަންކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މާބޮޑު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ދައުލަތުގެ ވަކީލު ޝަހުމާއާއި ނައުފަލް ތަކުރާރުކޮށް އިސްގާޒީ ޝަކީލްއަށް ޖެއްސުންކޮށް ފުރައްސާރަކުރުމުގެ އިތުރުން މައްސަލާގައި ހިމެނޭ ފަރާތްތަކަށް މަލާމާތްކުރުމުގެ ގޮތުން ހީސަމާސާކޮށް ޝަރީއަތުގެ ހުރުމަތް ކަނޑާތީ ގާޒީގެ ރުޅިގަނޑު ފަޅައިގެންގޮސް އެކަން ހުއްޓާލުމަށް އިންޒާރުދީފި. pic.twitter.com/sQ4tt2c8la
— Pokman 🇲🇻 (@PokmanMV) September 7, 2022
"ދައުލަތުގެ ވަކީލުން ހީ ސަކަރާތް ޖަހައި މަޖިލީހެއް ނޫން މިއީ. އެއް ބޭފުޅަކު އަނެއް ބޭފުޅެއް ގައިގައި ކޮއްޓާ ހީ ސަކަރާތް ޖަހާ ތަނެއް ނޫން މިއީ. އެފަދަ ކަންކަން ކުރާނަމަ ޖެހޭނީ އެ ވަކީލަކާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އަޅަން." ގާޒީ ޝަކީލް ވިދާޅުވިއެވެ.
ގާޒީ ޝަކީލު ވިދާޅުވީ ކޮންމެ ވަކީލަކީވެސް ވަކީލުން ކުރަންޖެހޭ ހުވާކޮށްގެން، އެ މިންވަރަށް ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކަމަށެވެ. އެހެންވީމާ ވަކީލުން މަސައްކަތްކުރަން ޖެހޭނީ އެ އުސޫލުންކަމަށްވެސް ގާޒީ ޝަކީލު ވިދާޅުވިއެވެ.
"ޝަރީއަތަށް ޖެއްސުންކުރުމާއި އުނދަގޫ ކުރުމަކީ ވަކީލުންގެ ފަރާތުން ފެންނަންޖެހޭނެ ސިފައެއް ނޫން. އެގޮތަކަށް އެ ފުރުސަތެއް ނޭރުވޭނެ." ގާޒީ ޝަކީލް ވިދާޅުވިއެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުންގެ ފަރާތުން މީގެކުރިންވެސް މިފަދަ ބައެއް މަންޒަރުތައް ފެންނާތީ އާއްމުންގެ ފާޑު ކިޔުން އަމާޒުވެފައި އެބަހުއްޓެވެ. ނަމަވެސް އެކަންކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މާބޮޑު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު