އަޅާފައި ހުންނަ ހެދުމާއި ގުޅުވައިގެން ފުރައްސާރަކުރުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއްނޫންކަމަށް ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްްޓަރ މިހެން ވިދާޅުވެފައި މިވަނީ މޫނު ބުރުގާ އަޅައިގެން މަގުމަތިން ދިޔަ އަންހެނަކަށް ފިރިހެނަކު ފޮށި ބުރުގާއަށް ދެމި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަން ދިމާވި އަންހެން މީހާ ރޭ ކުރި ޓްވީޓެއްގައި ބުނީ މަޖިދީ މަގުން ހިނގާފައި ދަނިކޮށް ފިރިހެނަކު އޭނާއާ ފޮށި، ބުރުގާއަށް ދަމާހަދާފައިވާކަމަށެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އަޅާފައި ހުންނަހެދުމާއި ގުޅުވައިގެން ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. ވަކިން ޚާއްސަކޮށް އިސްލާމީ މުޖުތަމައުއެއްގައި ނިޤާބްވެގެން ތިބޭ އަންހެނުއްނަށް ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއްނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
"މިފަދަ މައްސަލަތައް ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދޭނަން." އިމްރާން ވިދާޅުވިއެވެ.
މޫނު ބުރުގާ އަޅައިގެން މަގުމަތިން ދިޔަ އަންހެނަކަށް ފިރިހެނަކު ފޮށި އޭނާގެ ބުރުގަލަށް ދެމި މައްސަލައެއް ފެންމަތިވެފައިވާއިރު މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ހޯމް މިނިސްޓަރުގެ ސަމާލުކަމަށް މިކަމަށް މިވަނީ އައިސްފައެވެ.

A disturbing thing happened to me tonight
— مسافرة🐪 (@travelingto____) September 6, 2022
While I came home, a guy harassed me in Majeedheemagu! He shouted at my ear saying “EY NINJA” and pulled my Niqab a bit!!! Enough is Enough!!!!
އެކަމާ ގުޅިގެން ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އަޅާފައި ހުންނަހެދުމާއި ގުޅުވައިގެން ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. ވަކިން ޚާއްސަކޮށް އިސްލާމީ މުޖުތަމައުއެއްގައި ނިޤާބްވެގެން ތިބޭ އަންހެނުއްނަށް ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއްނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
"މިފަދަ މައްސަލަތައް ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދޭނަން." އިމްރާން ވިދާޅުވިއެވެ.
Alhaafa hunna hedhumaa gulhuvaagen furassaarakurumakee balaiganeveyne kamehnoon. Vakin khaassakoh islami mujuthamauehgai niqabvegen thibey anhenunnah furassaarakoh gayah aylumakee alhaanulaa dhookolleveyne kamehnoon. Mifadha massalathah hallukurumah khaassa iskameh dheynan IA.
— Imran Abdulla (@ShimranAb) September 7, 2022
މޫނު ބުރުގާ އަޅައިގެން މަގުމަތިން ދިޔަ އަންހެނަކަށް ފިރިހެނަކު ފޮށި އޭނާގެ ބުރުގަލަށް ދެމި މައްސަލައެއް ފެންމަތިވެފައިވާއިރު މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ހޯމް މިނިސްޓަރުގެ ސަމާލުކަމަށް މިކަމަށް މިވަނީ އައިސްފައެވެ.
ކިޔުންތެރިންގެ ހިޔާލު