ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ ގުޔާނާއަށް ވަޑައިގެންނެވުމުން ޝާހިދުއަށް މަރުހަބާ ދެންނެވީ ގުޔާނާގެ ހާރިޖީ ވަޒީރު ހަގް ޓޮޑްއާއި އެ ޤައުމުގައި ތިއްބަވާ އދގެ އިސް އޮފިޝަލުންނެވެ.
Arrived in Guyana 🇬🇾 on my last working visit as PGA76.
— UN GA President (@UN_PGA) September 9, 2022
Thank you Foreign Minister H.E. Mr Hugh Todd, Guyana PR to UN @carolynRB1 and UNRC @yesimoruc for receiving me.
Looking forward to discussing Guyana’s priorities at the UNGA, and the priorities of my #PresidencyOfHope pic.twitter.com/wxa819GpUJ
ޝާހިދުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ގުޔާނާގެ ރައީސް ޑރ. މުހައްމަދު އިރުފާން އަލީއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެކި އެކި މައްސަލަތައް ހައްލުކުރުމަށް ގުޔާނާއިން ކުރާ މަސައްކަތް ޝާހިދު ފާހަގަކުރެއްވިއެވެ.
Called on H.E. Dr Irfaan Ali @DrMohamedIrfaa1, the President of Guyana.
— UN GA President (@UN_PGA) September 9, 2022
Discussed Guyana’s priorities at the #UNGA, climate change, sustainable development, food security, & youth.
Congratulated him for 🇬🇾’s leadership in the Caribbean & at the UN. @mfaguyana @OTPGY pic.twitter.com/iNmyvQNq0q
ގުޔާނާގެ ރައީސްގެ އިތުރުން، އެ ޤައުމުގެ ބޮޑުވަޒީރު ހަގް ޓޮޑްއާއެކު ޝާހިދު ވަނީ ރަސްމީ މަޝްވަރާތަކެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޝާހިދު ވަނީ އެމަނިކުފާނުގެ ރިޔާސަތަށް ދެއްވި އެއްބާރުލުން ފާހަގަކުރެއްވިއެވެ. އަދި ކުދި ޤައުމުތަކުގެ ތަރައްޤީއާއި ޒުވާނުންނާއި މޫސުމީ މައްސަލަތަކާއި ގުޅޭގޮތުންވެސް ޝާހިދު އާއި ގުޔާނާގެ ހާރިޖީ ވަޒީރު މަޝްވަރާކުރެއްވިއެވެ.
We were thrilled that the @UN_PGA visited UN House and interacted with the Country Team & staff. He thanked staff for their contributions to the people of Guyana. Also in attendance was Hon. Hugh Todd, Minister of Foreign Affairs and International Cooperation.#PresidencyOfHope pic.twitter.com/erRSFpdHLx
— UN Guyana (@UNGuyana) September 9, 2022
ޝާހިދުގެ ދަތުރުފުޅުގައި ގުޔާނާގެ ނާއިބު ރައީސްއާވެސް ބައްދަލުކުރެއްވިއެވެ. މީގެއިތުރުން އެ ޤައުމުގައި މަސައްކަތްކުރާ އދގެ ޓީމާއިވެސް އެމަނިކުފާނު ބައްދަލުކުރައްވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވެވިއެވެ.
ކިޔުންތެރިންގެ ހިޔާލު