މާލެ ސިޓީގެ ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ވަކިކޮށް، ސިޓީ ކައުންސިލުން އެކަން ކުރަން ނިންމި ނިންމުން ކައުންސިލުން ދިފާއުކޮށް ވާހަކަދައްކަން ފަށައިފިއެވެ.
މާލެއާއި ވިލިމާލޭގެ މަގުތަކާއި މައިޒާންތަކާއި އާންމު ތަންތަން ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ހިދުމަތާއި، މާލޭ ސިޓީ ކައުންސިލުން ހަވާލުވުމަށް އެކައުންސިލުން މިދިޔަ ހަފްތާގައި ވަނީ ނިންމާފައެވެ.
އެ ނިންމުމާމެދު ވެމްކޯގެ ކަންބޮޑުވުން ފާޅުކޮށް އަދި އެކަން އަމިއްލައަށް ކޮށްގެން ސިޓީ ކައުންސިލަށް ފައިދާ ނުވާނެކަމަށް ވެމްކޯއިން ބުނުމުން ސިޓީ ކައުންސިލުގެ ބަސް ދިފާއުކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާލޭ ސަރަހައްދު ކުނިކަހައި ބެލެހެއްޓުމަށް މަހެއްގެ މައްޗަށް 2.28 މިލިއަން ރުފިޔާ ކައުންސިލުގެ ބަޖެޓުން ވެމްކޯއަށް ހަރަދުކުރަމުންދާއިރު، މަގުމަތީގައި ބަހައްޓާފައިވާ ކުނިތައް ގިނަވެ، އެކުނިތައް ނުނަގައި ލަސްވަމުން ދިއުމުގެ ސަބަބުން އާއްމުންނަށް އުނދަގޫ ފޯރާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށެވެ.
އަދި ޝަކުވާތައް ކައުންސިލަށް އަންނަނީ ވެމްކޯއިން އެކަން އެކަށީގެންވާ ގޮތެއްގައި ނުކުރާތީ ކަމަށާ، މާލޭ ސަރަހައްދުގެ ކުނި ނެގުން ވެމްކޯއާއި ހަވާލު ކޮށްފައިވީނަމަވެސް، ގިނަ ޕާކުތަކާ މައިޒާންތައް ހުންނަ ސަރަހައްދުތައް ސާފުކުރަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ހަރަދު ކުޑަކޮށް ކައުންސިލުން އެކަން ކުރެވެން އެބައޮތް ކަމަށާއި، އަދި އެކަން އެގޮތަށް ކުރުމަކީ ރަނގަޅަށް މޮނިޓަރ ވެސް ކުރެވޭނެ ކަމެއްކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އޭރުން މަގުމަތީގައި ހުންނަ ކުނިތައް ގިނަވުމުގެ ކުރިން އެތަކެތި ނެގޭނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ކައުންސިލްގެ އެ ނިންމުން ތަންފީޒު ކުރުމުގައި މުއައްސަސާތަކުގެ އެއްބާރުލުމަށް ކައުންސިލުންވަނީ އެދިފައެވެ.
މިކަމާ ގުޅިގެން އިއްޔެ ވެމްކޯއިން ވަނީ، ކުނި ނެނގުމުގެ މަސައްކަތް އެންމެ ރަނގަޅަށް ނުކުރާކަމަށް ބުނެ ކައުންސިލްގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަކީ ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ދެއްކި ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، އެކަމުގެ ސަބަބުން އެ ކުންފުނީގެ ނަން ކިލަބުވެގެން ދާތީ، އެކަން ކުށްވެރިކޮށްފައެވެ. އަދި މިހާރުވެސް އެންމެ ގިނަ މުވައްޒަފުންނާއި ވަސީލަތް ބޭނުންކުރަނީ މާލެ ސިޓީގެ ކުނި މެނޭޖު ކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
މާލެ ސަރަހައްދުން ކުނި ނެގުމަށް ވެމްކޯއާއިއެކު މާލޭ ސިޓީ ކައުންސިލުން 2019 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ މިއަހަރުގެ ޑިސެމްބަރު 26 އަށެވެ. އޭގެފަހުން ދެން މާލެއާއި ވިލިމާލެ ކުނި ކަހައި ސާފުކޮށް ކުނި އުކާނީ މާލޭ ސިޓީ ކައުންސިލުން އަމިއްލައަށް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އޭރުން އެ ކައުންސިލަށް ފައިދާ ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މާލެ ސިޓީ ކައުންސިލުގެ މިނިންމުމާއި މެދު ސުވާލު އުފައްދައި ވެމްކޯއިން ބުނެފައި ވަނީ ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ކަހައި ކުނި ނެގި ނަމަވެސް ކުނި އުކާލަން ކުރަންޖެހޭ މަސައްކަތާއި ކުނި ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހިނގާ ޚަރަދާއި ވަސީލަތްތައް ހޯދަން ހިނގާ ޚަރަދު ހިމެނުމުން ސިޓީ ކައުންސިލުން މިހާރު އެކަމަށް ކުރާ ހޭދަކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި މައިޒާންތަކާއި އާންމު ތަންތަން ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ޚިދުމަތް މާލޭ ސިޓީ ކައުންސިލުން ދިނުމަށް ނިންމާފައިވާ ނިންމުމާގުޅޭ ނޫސް ބަޔާން pic.twitter.com/8G3TkOqICS
— Male' City Council (@MaleCitymv) September 10, 2022
މިކަމާ ގުޅިގެން އިއްޔެ ވެމްކޯއިން ވަނީ، ކުނި ނެނގުމުގެ މަސައްކަތް އެންމެ ރަނގަޅަށް ނުކުރާކަމަށް ބުނެ ކައުންސިލްގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަކީ ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ދެއްކި ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، އެކަމުގެ ސަބަބުން އެ ކުންފުނީގެ ނަން ކިލަބުވެގެން ދާތީ، އެކަން ކުށްވެރިކޮށްފައެވެ. އަދި މިހާރުވެސް އެންމެ ގިނަ މުވައްޒަފުންނާއި ވަސީލަތް ބޭނުންކުރަނީ މާލެ ސިޓީގެ ކުނި މެނޭޖު ކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
މާލެ ސަރަހައްދުން ކުނި ނެގުމަށް ވެމްކޯއާއިއެކު މާލޭ ސިޓީ ކައުންސިލުން 2019 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ މިއަހަރުގެ ޑިސެމްބަރު 26 އަށެވެ. އޭގެފަހުން ދެން މާލެއާއި ވިލިމާލެ ކުނި ކަހައި ސާފުކޮށް ކުނި އުކާނީ މާލޭ ސިޓީ ކައުންސިލުން އަމިއްލައަށް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އޭރުން އެ ކައުންސިލަށް ފައިދާ ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މާލެ ސިޓީ ކައުންސިލުގެ މިނިންމުމާއި މެދު ސުވާލު އުފައްދައި ވެމްކޯއިން ބުނެފައި ވަނީ ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ކަހައި ކުނި ނެގި ނަމަވެސް ކުނި އުކާލަން ކުރަންޖެހޭ މަސައްކަތާއި ކުނި ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހިނގާ ޚަރަދާއި ވަސީލަތްތައް ހޯދަން ހިނގާ ޚަރަދު ހިމެނުމުން ސިޓީ ކައުންސިލުން މިހާރު އެކަމަށް ކުރާ ހޭދަކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު