ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ހޯދުމަށް ޢިއުލާންކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މި މަޤާމަށް ކުރިމަތިލެވޭނީ ޢުމުރުން 25 އަހަރު ފުރިފައިވާ ސުންނަތް ޖަމާއަތުގެ ދިވެހިންނަށް ކަމަށެވެ. ހަމައެއާއެކު އެންމެ ދަށްވެގެން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަޤާމަށް ޝަރުތުފުރިހަމަވާން ޖެހޭނެކަމަށް އިޢުލާނުގައިވެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، އައިޑީކާޑުގެ ކޮޕީ އަދި ވަނަވަރު މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުގެ 12:00ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ސާޖެންޓް އެޓް އާމްސްގެ މަޤާމް ހުސްވީ، އެ މަޤާމްގައި ކުރިން ހުންނެވި މުހައްމަދު ހަލީމް، 24 އޯގަސްޓް 2022 ގައި މަޤާމުން ވަކިކުރުމުންނެވެ. އޭނާ އެ މަޤާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ މަޤާމުން ވަކިކުރީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ. މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ ޖެނުއަރީ 27 2021 ގައެވެ.
2013 ވަނަ އަހަރު އުފެއްދި މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްގެ މަޤާމަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސް މަގާމެވެ.

ކިޔުންތެރިންގެ ހިޔާލު