ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރައީސް ޑރ. ވަހީދަކީ ފަސް ޕަސެންޓްގެ ބޭފުޅެއް ކަމަށާއި، އައިޕެޑަކާއި ދެ އޮރެންޖު ދީފައި އިންސާފުން މަހްރޫމު ކޮށްލިއަސް، ބޭ އިންސާފަށް އަދިވެސް އިންސާފު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހަމަލާދީފައިވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، ރައީސް ވަޙީދަކީ ފަސް ޕަސެންޓްގެ ބޭފުޅެއް ކަމަށާއި، އަވަށްޓެރި ޤައުމުތަކުގެ ވެރިން ޓެގް ކުރައްވައި ރައީސް ވަހީދު ޓުވީޓު ކުރައްވަނީ "ކުޓުވާން" ވެގެންނެވެ.

"މީނަ ގެ މި ކުޓުވުން އަޑު އަހާނެ ފަސް ޕަސަންޓު މީހުން ވެސް ނުވި." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގައި "ބަޣާވާތް" ކުރެއްވި ބޭފުޅުންނަށް މާފު ނުކުރައްވާ ކަމަށާއި، އެ ދުވަހު ހިނގައިދިޔަ ކަންކަމަށް އިންސާފު ބޭނުންވާ ކަމަށެވެ. އަދި ރައީސް ވަހީދު އިސްވެ ހުންނަވައިގެން ކުރެއްވި ބަޣާވާތް އެއްވެސް ހާލަތެއްގައި، ރައްޔިތަކު ހަނދާން ނެތިފައި ނުވާ ކަމަށާއި، ދިރިއުޅުމައިގެން ކުރިއަށްދާން ބޭނުންވުމުން ކުރިއަށް ދިއުމުގެ މާނައަކީ އެއްވެސް ހާލެގައި މާފް ކުރީ ކަމަށް ދެކިގެން ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި ވަހީދާ ދިމާލަށް "ކާޅޭ" ކިޔަން ފެށީ ވެރިކަން ޖަހައިގަނެ، ބައެއްގެ އިންސާފާއި ބައެއްގެ ވޯޓާއި ބައެއްގެ އަސާސީ ހައްގު ޖަހައިގަތުމުން ކަމަށެވެ.

ޑރ. ވަހީދަށް ފުރައްސާރަ ކުރިކަމަށް ބުނާ އިބްރާހީމް ޖައުފަރު (ޖޯރޭ) އަށް މީގެ އަށް އަހަރު ކުރިން އަނިޔާ ކުރިއިރު، އަދިވެސް އޭނާ އަށް އިންސާފު ނުލިބޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އަދި އެ މައްސަލަ ފުލުހުން ބަލާ އިރު، ތަހުގީގު ހުއްޓާލަން ވާނީ، ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތްވެސް ތަހުގީގުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އައި

21-Jun-2020

ވެރިކަމަށް އާދެވުނީ އެންމެ ބޮޑެތި ބާޣީންގެ ކޮނޑުގަ ހެހެ ހިކިތަނުގަ ބަކަ ނުތަޅާ..


-3

ދޯ

21-Jun-2020

2008ގަ ވަހީދު ރަނިންމޭޓަކަށް ނުލިނަމަ ނަޝީދަކަށް ވެރިކަން ލިބުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ދިވެހޮންގެ ގިނަމީހުންނަށް އެގޭ ނަޝީދަކީ ވެރިކަން ހިންގުމުގެ އެވެސް ތަޖުރިބާއެއް ހުރިމީހެނޫންކަން. ވަހީދުގެ ތަޖުރިބާގަ ވެރިކަން ހިންގިދާނެކަން.


18

ފަރާ

16-Jun-2020

ތަހުގީގުކުރެވެން ޖެހޭނެ. އިންސާފު ލިބެން ޖެހޭނެ..


-2

ޢިސްމާއިލް ވަހީދު ސިއްކަ.

16-Jun-2020

ވަރައް ރަންގަޅު ހުއްޓާަނުލައްވާ ކޮޅެއްގަ ޖެހޭނެ ގޮތެއް ހައްދަވާ , ޝަރީއަތައް ވައްދަވާ ދެައްވާ.



ޓްރެންޑިން